ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އައު ޑިރެކްޓަރުން އައްޔަނުކޮށް ބޯޑުގެ ޗެއަރޕާސަން ކަނޑައަޅައިފިއެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަންޔަނުކޮށްފައިވަނީ އިއްޔެ ބޭއްވި އެބޭންކުގެ އަށް ވަނަ އަހަރީ އާންމު ޖަލްސާގައެވެ. އަދި މި ޖަލްސާއަށް ފަހު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން ކަމަށްވެސް ވަނީ ބޭފުޅަކު އައްޔަނުކޮށްފައެވެ. ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ކުރިއަށް އޮތް ދައުރުގެ ޗެއާޕާސަންގެ މާގަމަށް އައްޔަނު ކޮށްފައިވަނީ ހ. ސޭންޑީ ބީޗް ޔޫޝަޢު ސަޢީދެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން އަހަރީ އާންމު ޖަލްސާގައި ބޯޑަށް އައްޔަން ކުރި ޑިރެކްޓަރުން:-

1. ޓިމޮތީ ސޯޔަރ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)

2. ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ

3. ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް

4. ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ

5. ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި

6. ޢަބްދުﷲ ޙުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް

7. މުޙައްމަދު ޝަރާޙް، ކޮތަންގެ، ގދ. ފިއޯރީ

އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އިންތިޚާބު ކުރި 2 ޑިރެކްޓަރުން:-

1. އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ

2. އަޙްމަދު މުޙައްމަދު، ގ. އުފާ

ބީއެމްއެލްގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އިއްޔެ ބާއްވާފައި ވަނީ އޮންލައިންކޮށެވެ. މި ޖަލްސާގައި ވަނީ 2020 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ހިއްސާދާރުންނަށް ބެހުމަށް ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން