ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޗައިނާގެ ރައީސް ޝީ ޖިންޕިނަށް ފޯނުން ގުޅުއްވައި މަޝްވަރާކުރަށްވައިފިއެވެ.

ރައީސް ޞާލިޙު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޝީ ޖިންޕިނަށް ގުޅުއްވައި ދެއްކެވި ވާހަކަފުޅަށްފަހު ޗައިނާއާއި ދިވެހިރާއްޖޭގެ ގުޅުން އަލުން ބަދަހިވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އޭގެ އިތުރުން ޗައިނާއިން ދިވެހިރާއްޖޭގެ ތަރައްޤީއަށް އިތުރު އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދު ކުރަށްވާ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.



ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން އަބަދުވެސް އިންޑިއާއި ގާތްގުޅުމެއް ބާއްވަވާ ރައީސް ޞާލިޙް ފާހަގަ ކުރެވިފައިވަނީ ޗައިނާއާ ވަރަށް ބީރަށްޓެހި ލީޑަރެއްގެ ގޮތުގައެވެ. ޗައިނާއާއެކު ނިމިދިޔަ ރައީސް ޔާމިންގެ ސަރުކާރުން ބޭއްވި ގާތްގުޅުމުގެ ސަބަބުން ޗައިނާއިން ވަނީ ރާއްޖޭގެ ތަރައްގީގެ ބިޔަ މަޝްރޫޢުތަކަށް ބޮޑެތި އެހީތަކެއް ވެ ދީފައެވެ. އެގޮތުން ހިލޭ އެހީއާއި ލުއި ލޯނުގެ ގޮތުގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ. ނަމަވެސް މި ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސިފަކުރަށްވާ ގޮތުގައި ޗައިނާއިން ދިން އެހީތަކަކީ ދަރަނީގެ ދަންތުރައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން