ސައްޙަނޫން ހޮޓެލް ބުކިން ހައްދައިގެން ރާއްޖެ އެތެރެވާން އުޅުނު 248 މީހުން ހިފަހައްޓައިފި ކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޙަނަފީ ވިދާޅުވެއްޖެއެވެ.

ހަނަފީ މިއަދު ވިދާޅުވީ ސައްޙަނޫން ވަގު ހޮޓެލް ބުކިންގ ތަކެއްގައި އެ މީހުން ރާއްޖެއަށް އެތެރެވާން އުޅުނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެހެންނަމަވެސް އެ މީހުން ރާއްޖެ އެތެރެވުމުގެ ކުރިން އިމިގްރޭޝަންގެ އޮފިސަރުންނަށް އެކަން ފާހަގަކުރެވިގެން އެމީހުން ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޙަނަފީ އިތުރަށް ވިދާޅުވީ، "ދިވެހިރާއްޖޭގެ ބޯޑަރު ހިމާޔަތް ކުރުމުގައި އިމިގްރޭޝަން ހުޝިޔާރު ކަމާއެކު ދެމި ތިބޭނެ ކަމުގެ ޔަޤީންކަން އަރުވާ" ކަމަށެވެ.



މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަގު ބުކިންގ ހައްދައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ހުރިހާ އެންމެން ރޭގެ ވަގުތެއްގައި ވަނީ އަނބުރާ ފޮނުވާލައިފައެވެ.

މީގެތެރެއިން 165 މީހުންނަކީ އިންޑިއާގެ ރައްޔިތުން ކަމަށާއި، އެ ހުރިހާ އެންމެން ވެސް ރާއްޖެއަށް އައިސްފައިވަނީ، ފޭކް ރިޓާން ޓިކެޓު ނަގައިގެން ކަމަށްވެސް މަޢޫލޫމާތު ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު