ފުވައްމުލަކު ސިޓީ ހޮސްޕިޓަލްގެ އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މަސައްކަތުން އެކަހެރި ކޮށްދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހެލްތު މިނިސްޓްރީގައި އެދިއްޖެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި މިއަދު ބުނެފައި ވަނީ، އެސިޓީގެ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން ގެންދާ އަންހެނުންގެ ޚާއްސަ ޑޮކްޓަރުގެ ކިބައިން އިހުމާލުގެ ބޮޑެތި މައްސަލަތަކެއް ފާހަގަވަމުންދާ ކަމަށެވެ. އެގޮތުން ސިޒޭރިއަން ހެދި މީހެއްގެ ބަނޑަށް ފޮތިގަނޑެއް ދޫކޮށްލާފައި ވުމާއި، ވިހެއުމުގެ ތެރޭގައި މާބަނޑު މީހުންނާއި ދަރިންގެ ފުރާނައަށް ނުރައްކާވާފަދަ ގިނަ އިހުމާލުތަކެއް ފާހަގަވާކަމަށް ކައުންސިލްގެ ބަޔާނުގައި ވެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ސިޒޭރިއަން ހެދި އުމުރުން 29 އަހަރުގެ އަންހެން މީހާގެ ބަނޑުން ފޮތިގަނޑެއް ނަގާފައިވަނީ ސިޒޭރިއަން ހެދިތާ ދެ މަސް ފަހުން، ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗަށް ދެއްކުމުންނެވެ. އެ ކޭސްގެ އިތުރުން އިތުރު މީހަކުވެސް ވަނީ، ހޮސްޕިޓަލްގެ އިހުމާލުން އޭނާގެ އޯވަރީ ނަގަން ނުޖެހުނީ ކިރިޔާކަމަށް ބުނާ މައްސަލައެއް ފެންމަތި ކޮށްފައެވެ.
ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ، އިހްމާލު ވެފައިވާ ޑޮކްޓަރު މަސައްކަތުން އެކަހެރި ކުރުމަށާއި، އެހެން ޑޮކްޓަރެއް ހަމަޖައްސައިދިނުމަށް ހެލްތު މިނިސްޓްރީގައި އެދިފައިވާ ކަމަށް ބުނެފައެވެ.

This is just one out of many cases. Not every one is privileged to fly to Male’. Health care equity is vital.Every life matters.we need better health care services. Not foot ball grounds or useless promises @FVMCouncil @fvmhospital @FaisalNasym @KerafaNaseem @HunuboliHussain pic.twitter.com/at0X2hyBGE
— Maashy (@nieguney) July 16, 2021
ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ، އިހްމާލު ވެފައިވާ ޑޮކްޓަރު މަސައްކަތުން އެކަހެރި ކުރުމަށާއި، އެހެން ޑޮކްޓަރެއް ހަމަޖައްސައިދިނުމަށް ހެލްތު މިނިސްޓްރީގައި އެދިފައިވާ ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު