ކުޅުދުއްފިށި ސިޓީގެ 3 ސްކޫލްގެ އިސްވެރިންނާ ރައީސް ބައްދަލު ކުރައްވަނިކޮށް
ކުޅުދުއްފިށި ސިޓީގެ 3 ސްކޫލްގެ އިސްވެރިންނާ ރައީސް ބައްދަލު ކުރައްވަނިކޮށް
12 އަހަރާއި 18 އަހަރާ ދެމެދުގެ ހުރިހާ ސްކޫލް ދަރިވަރުންނާ ޓީޗަރުންނަށް އަމާޒުކޮށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަ ކުރަށްވާފައި ވަނީ ހދ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީގެ 3 ސްކޫލެއްގެ އިސްވަރިންނާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނަމަވެސް މި ވެކްސިން ޕްރޮގްރާމާ ބެހޭ އިތުރު ތަފުސީލެއް އެނގިފައެއް ނުވެއެވެ.

ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލުގައި ޒަމާންތަކެއް ވަންދެން ހައްލުނުވެ ހުރި ކަންކަން ސަރުކާރުން ހައްލުކޮށްދެއްވައިފިކަމުގައި، މި 3 ސްކޫލުގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބޭއްވެވި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ ވެރިން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ސްކޫލްތަކުގެ އިސްވެރިން ވަނީ ސްކޫލްތަކުގައި މިހާރު ކުރިޔަށްދާ އަދި ޕްލޭންކުރެވިފައިވާ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްދާތީ އެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސްކޫލްތަކަށް މިހާރު ބޭނުންވާ އިތުރު ޚިދުމަތްތަކާއި، އިތުރު ކަންކަމާއި، އަދި ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް ބޭނުންވާ ކަންތައްތައް ސްކޫލްތަކުގެ އިސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަފީފުއްދީން ސްކޫލަކީ ރާއްޖޭގައި އަލަށް ވަށާޖެހޭ ތަޢުލީމު ފުރިހަމަވާގޮތަށް ފަރުމާކުރާ 5 ސްކޫލުގެ ތެރެއިން މިއަހަރު ތަރައްޤީ ކުރާނެ 2 ސްކޫލުގެ ތެރޭގައި ހިމެނޭ ސްކޫލެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އަފީފުއްދީން ސްކޫލުގެ ހާލަތު ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިދާރާތަކުގެ މުސާރަތައް ހާމޮނައިޒްކުރުމުގެ ގޮތުން ސަރުކާރުން ފައްޓަވައިފައިވާ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށްކަން ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޚަލީމްއާދަމް

21-Jul-2021

12 - 18 އަހަރުގެ ޓީޗަރުން ތިބޭތަ



ޓްރެންޑިން