ދުނިޔޭގެ އެންމެ ބޮޑު މަލްޓިމީޑިއާ ނިއުސް ޕްރޮވައިޑަރ ކަމަށްވާ ރޮއިޓަރސްގައި މަސައްކަތްކުރަމުން އަންނަ މަޝްހޫރު ފޮޓޯ ޖަރނަލިސްޓް ދާނިޝް ސިއްދީގީ އަފްޣާނިސްތާނުގައި މިހާރު ހިނގަމުންދާ ހަނގުރާމަ ކަވަރުކުރަމުންދަނިކޮށް މަރާލައިފިއެވެ.
އަފްޣާނިސްތާނުގެ ކޮމާންޑަރަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންޑިޔާއަށް ނިސްބަތްވާ ދާނިޝް ސިއްދީގީ މަރާލާފައިވަނީ ޕާކިސްތާނު ބޯޑަރާއި ކައިރި ސަރަހައްދެއްގައި ތާލިބާނުންނާއި އަފްޣާނިސްތާނުގެ ސިފައިންނާ ދެމެދު ކުރިޔަށްދިޔަ ހަމަލާ ބަދަލުކުރުމެއްގެ ތެރޭގައެވެ.
މި ހަމަލާ ބަދަލުކުރުންތައް ކުރިއަށް ދިޔައީ ތާލިބާންގެ އަތްދަށުގައިވާ ސްޕިން ބޮލްޑަކް ސަރަހައްދު އަފްޣާންގެ އަސްކަރިއްޔާގެ ދަށަށް ގެނައުމަށެވެ. އަދި ދާނިޝް ސިއްދީގީއާ އެކު އަފްޣާގާނިސްތާނުގެ ސީނިއަރ އޮފިސަރުންތަކެއްވެސް މި ހަމަލާ ބަދަލު ކުރުންތަކުގައި ވަނީ މަރުވެފައެވެ.
އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމަ ކަވަރުކުރުމަށް ދާނިޝް ސިއްދީގީ ހަމަޖެއްސީ ނިމިމިދިޔަ ހަފްތާގެ ކުރީކޮޅުއެވެ. އަދި ދާނިޝް ސިއްދީގީ މަސައްކަތްކުރަމުން އައީ ކަންދަހާރުގެ ދެކުނުގެ ޕްރޮވިންސްއެއްގައި އަފްޣާނިސްތާނުގެ އަސްކަރިއްޔާއާ އެކުއެވެ. ހަމަލާބަދަލުކުރުންތަކުގެ ތެރޭގައި ދާނިޝް ސިއްދީގީ މަރުވުމާއި ގުޅިގެން ރޮއިޓަރސްގެ ރައީސް މައިކަލް ފްރެޑިންބާގު ވަނީ ބަޔާން ނެރެފައެވެ. މައިކަލް ފްރެޑިންބާގު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެސަރަހައްދުގެ ކަމާބެހޭފަރާތްތަކާ ގުޅިގެން އިތުރު މައުލޫމާތު ހޯދަމުން އަންނަކަމަށެވެ.
ދާނިޝް ސިއްދީގީގެ މަރުގެ ޚަބަރާއެކު އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ނެރުއްވި ބަޔާނުގައި ސިއްދީގީގެ މަރުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައި ވެއެވެ.
ދާނިޝް ސިއްދީގީގެ މަރާގުޅިގެން ތާލިބާންގެ ސްޕޯކްސްމަން ޒަބީހުﷲ މުޖާހިދު ބުނެފައިވަނީ ހަނގުރާމަ ހިނގަމުންދިޔަ ސަރަހައްދުގައި ނޫސްވެރިއަކު ހަރަކާތްތެރިވަމުންދިޔަ ކަން އެމީހުންނަށް ނޭނގޭކަމަށެވެ.
2010 ވަނަ އަހަރުން ފެށިގެން ރޮއިޓަރސްގައި ފޮޓޯ ޖަރނަލިސްޓެއްގެ ގޮތުގައި ދާނިޝް ސިއްދީގީ ހަރަކާތްތެރިވަމުން އައިސްފައިވާއިރު އޭނާވަނީ އިރާގާއި އަފްޣާނިސްތާން ފަދަ ގައުމުތަކުގައި ހިނގާ ހަނގުރާމަތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވެފައެވެ. އެގޮތުން ރޮހިންޔާ ރެފިޔުޖީންގެ ހާލަތު ކަވަރުކުރުމުގައިވެސް ހަރަކާތްތެރިވެފައިވާ ދާނިޝް ސިއްދީގީއަށް ވަނީ އެފޮޓޯތަކުގެ ސަބަބުން 2018 ވަނަ އަހަރުގެ ޕުލިޒަރ ޕްރައިޒް ވެސް ލިބިފައެވެ. މި އެވޯޑަކީ ނޫސްވެރިކަމާއި އާރޓް އަދި މިޔުޒިކާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ދޭ އެވޯޑެކެވެ.

ކިޔުންތެރިންގެ ހިޔާލު