ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
މާލޭގައި ދުއްވާފައިދިޔަ ކާރެއް ހުއްޓުވައި ކުޑަކުއްޖަކަށް ޙަމަލާދީފިއެވެ.

ފުލުހުން ބުނީ، މިއަދު އިރުއޮއްސި 18:38 ހާއިރު މަޖީދީ މަގާއި މާވެޔޮމަގާ ގުޅުން ހިސާބުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި އެ ކާރުގައި އިން ޢުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޙަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

އެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާއިރު، އެކުއްޖާގެ ބޯ ވަރަށްބޮޑަށް ފަޅާލާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން