އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ވަނީ ހަނދާން ނައްތާލާފައިކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫޙުން ބުނެފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން، ސަރުކާރުން މަޖިލީހަށް ފޮނުވި ނަފްރަތުގެ ކުށްތައް ބަޔާންކުރާ ބިލު ސަރުކާރުން ދިފާއު ނުކުރި ކަމަށެވެ. އެގޮތުން މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ އެމްޑީޕީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް އަންހެނުންގެ ރޫޙުން ދެކޭ ކަމަށެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމް.ޑީ.ޕީ އުފެދުނީއްސުރެން، ޕާޓީއިން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިންމު އަސާސްތަކަކީ، އެއްވެ އުޅުމުގެ މިނިވަންކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ހަމަހަމަކަން ޤާއިމުކޮށް، ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށް އަނިޔާވެރިކަން ނައްތާލުން ކަމަށެވެ. މިގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އެމްޑީޕީން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާފައިވާ މީހުނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދީ، އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުالله އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް ޢަލީ އަނިޔާވެރިގޮތަކަށް މަރާލައި، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ، ރޭވުންތެރިކަމާއެކު ބަޔަކު އެމީހުންގެ ބޮލުގައި ވަކި "ލޭބަލް" ތަކެއް އަޅުވައި، އެމީހުންނާއިމެދު މުޖުތަމަޢުގައި ނަފްރަތު އުފައްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު، އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤާނޫނުލްއުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލު ފާސްކޮށް، ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެންކަން އަންހެނުންގެ ރޫހުން ޤަބޫލު ކުރާކަމަށްވެސް ބަޔާނުގައި ވެއެވެ.
"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެކެވެ. މިޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫނެވެ. އަދި، ޤާނޫނުއަސާސީން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން މިޕާޓީން އަބަދުވެސް ޤަބޫލުކުރާނެއެވެ." އަންހެނުންގެ ރޫޙުގެ ބަޔާނުގައިވެއެވެ.
އަންހެނުންގެ ރޫހުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ޤައުމު ނުރައްކަލަށް ވައްޓާލުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އަދި ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ޤައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާކަމީ އެރޫޙުން ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
މިރާއްޖެއަކީ އަމާން ވެއްޓެއް ޤާއިމުވެފައިވާ ތަނަކަށް ހެދުމަށްޓަކައި، ވަގުތީ ސިޔާސީ މަންފާއަށްވުރެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމާޔަތްކުރުން އިސްކޮށް، އެޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހަލުވިކުރުމަށާއި، އެމްޑީޕީގެ އަސާސްތަކަށް ސަރުކާރުން އިޙްތިރާމްކޮށް އެމްޑީޕީގެ މައިގަނޑު އަސާސްތައް ދިފާޢު ކޮށްދެއްވުމަށް އަންހެނުންގެ ރޫޙުން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.
ނަފުރަތުގެ އަމަލުތައް ކަނޑައަޅައި އެފަދަ އަމަލު ތަކަކީ ބޮޑެތި ޖިނާއީ ކުށް ކަމުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށައެޅީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް ފަހުގައެވެ. އެބިލުގައި މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ލާދީނީ ގޮވުން ނުވަތަ އެކަމުގައި ބައިވެރި ވުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާފައިވާއިރު އެ ބިލުގައި އިސްލާމް ދީނުގެ ޝިޢާރު ފާޅުކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސްއަޅާ ބައިތަކެއް ހުރިކަމަށް ބުނެ ގިނައަދަދެއްގެ ދީނީ ޢިލްމްވެރިންނާއި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިބިލު ފާސްކުރަން ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެންބަރުންގެ ފިކުރާއި ޚިޔާލު ދެކަފިވެފައިވާތަން ފެނުމުން އެމްޑީޕީގައި ދެފެކްޝަނެއް އުފެދިފައިވާކަން ހާމަވެގެން ދިޔައެވެ. އަދި އެދުވަހުގެ ބަހުސްގައި ދެފެކްޝަންގެ މެދުގައި ވަރަށްބޮޑަށް ޚިޔާލު ތަފާތުވެ ބަހުގެ ހަމަލާތައްވެސް ބަދަލުކުރެވުނެވެ.
މިމައްސަލައިގައި އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ސަރުކާރަށާއި ސީދާ ރައީސް ޞާލިހަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ބިލް ފާސްނުކުރަށްވާނަމަ ރައީސް ޞާލިޙާއެކީ ސިޔާސީ މަސައްކަތުގައި ހުންނެވެން ނެތްކަން ރައީސް ނަޝީދު ވަނީ އިޢުލާން ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު