ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ޤާނޫނުތައް ހުރިގޮތުން ޓެރަރިސްޓުން ހައްޔަރުކުރަން ފުލުހުންނަށް އުނދަގޫވާ ކަމަށާއި ކުއްލި ނުރަައްކަލުގެ ހާލަތު އިޢުލާންކޮށް އެކަން ކުރާން ފުލުހުންނަށް މަގުފަހިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑަައިގެންފި އެވެ.

އެމްޑީޕީގެ އިސްބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ، "ހައެއް މެއި" ގެ ތަޙްޤީޤުގެ ތެރެއިން މިހާރު ފުލުހުންނަށް ރާއްޖޭގައި ތިބި ހަރުކަށި ފިކުރުގެ މީހުންނާއި އެމީހުންގެ ނެޓްވޯކް ދެނެގަނެވިފައިވާ ކަމަށް ޤަބޫލު ކުރަށްވާ ކަމަށެވެ.

ނަމަވެސް މިވަގުތު ޤާނޫނުތައް ހުރީ ކުއްލިއަކަށް އެމީހުން ހައްޔަރު ކުރެވޭ ގޮތަށް ނޫންކަމަށާއި، އެހެން ކަމުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް އެމީހުން ހައްޔަރު ކުރަން ދެމަހެއްހާ ދުވަސް ފުލުހުންނަށް ދިނުމަކީ ފެނިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ކުށްތައް ރާއްޖޭގައި ހުއްޓުވުމަށް އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރަން ޖެހޭ ކަމަށާއި, އެކަން ކުރުމުގައި ސަރުކާރު ފަހަތު ފަޔަށް ބުރަ ނުވާން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރައީސް މުހައްމަދު ނަޝީދު މީގެ ކުރިންވެސް ވަނީ ގޮވާލައްވާފައެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހު ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން އަވަހަށް ދޫވެ، އަނެއްކާވެސް މުޖުތަމައުއަށްދާތީ އެކަމާމެދު ކަންބޮޑުވާ ކަމަށާއި، އެފަދަ މީހުން ހިފައި ހައްޔަރު ކޮށްގެން ގެންގުޅޭނެ ވަކި ހަމަތަކެއް އޮންނަން ޖެހޭ ކަމަށެވެ. އަދި ޓެރަރިޒަމްގެ ކަންކަމުގައި އުޅޭ މީހުންނަށް ވަރަށް ފަސޭހައިން މާފު ލިބޭ ކަމަށާއި މިހާރު ފަނޑިޔާރުންނަށް ވެސް މެސެޖެއް ލިބެން ވެއްޖެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން