ބ. ފުޅަދޫގައި މޫދަށް އެރި އުޅުނު ދިވެއްސަކު ގެނބިގެން ނިޔާވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ، އެ ރަށަށް ޗުއްޓީއަށް ގޮސް އުޅުނު އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހުން ޗުއްޓީހޭދަކުރަމުން ދިޔައީ އެ ރަށުގެ ވިލެޖް ހައިޑް އަވޭ ނަމަކަށް ކިޔާ ގެސްޓު ހައުސްގައެވެ.
މި ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 1:10 ހާއިރު އެވެ. އޭނާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދެވުނީ 1:20 ހާއިރު ކަމަށާއި، އޭނާ ގެނެވުނު އިރުވެސް މަރުވެފައިވާކަމަށް، 1:30 ހާއިރު ޑޮކްޓަރުން ނިންމާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެ ފިރިހެން މީހާ ގެނބެން މެދުވެރިވީ އޭނާ އާއި އެކު ދަތުރު ގޮސް އުޅުނު އަންހެން 4 ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ. އެ ހަތަރު އަންހެން ކުދިން ވަނީ ސަލާމަތް ކުރެވިފައެވެ.
ޅ. ކުރެންދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ މަޑުއްވަރީ އަށް ދަތުރު ގޮސް އުޅުނު ނައިފަރު އުމުރުން 28 އަހަރުގެ ދިވެހި އަންހެނެއް ގެނބިގެން ވެސް މިއަދު ވަނީ ހޮސްޕިޓަލުން ފަރުވާދީފައެވެ.
މި ދެޙާދިސާއާއި ގުޅޭގޮތުން ފުލުހުންގެ ރަސްމީބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު