ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ.

ގްރީން ލިސްޓަކީ ކޮވިޑް-19 ފެތުރޭ މިންވަރު ބަލައި، އެންމެ ރައްކާތެރި ގައުމުތައް ހިމެނޭ ގޮތަށް ޔޫއޭއީގެ ޑިޕާޓްމެންޓް އޮފް ކަލްޗާ އެންޑް ޓުއަރިޒަމުން ތައްޔާރުކުރާ ލިސްޓެކެވެ. މިދިޔަ އަހަރު ރާއްޖޭގެ ކޯވިޑް ކޭސްތައް މަދުވެ ހާލަތު ރަނގަޅުވުމުން ޔޫއޭއީން ވަނީ އެ ގައުމުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފައެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވުމާއެކު، އެ ލިސްޓުން ރާއްޖޭގެ ނަން ވަނީ އުނިކޮށްފައެވެ.

ޔޫއޭއީގެ ގްރީން ލިސްޓުގައި ހިމެނޭ ގައުތަކުން އެ ގައުމަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެއެވެ. ނަމަވެސް ދަތުރު ކުރާއިރު ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުންވާނެއެވެ. އެހެންކަމުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދިވެހިންނަށް އެ ޤައުމަށް ކަރަންޓީންވުމެއްނެތި ދަތުރުކުރެވޭނެއެވެ.

މި ލިސްޓުގައި މިފަހަރު ހިމަނާފައިވާ ޤައުމުތަކަކީ، ޗެކް ރިޕަބްލިކް، ޕޮލެންޑް، ސާބިއާ، ބަހްރެއިން، ބުރުނާއީ، ބަލްގޭރިއާ އަދި ޔޫކްރެއިންއެވެ. މި ލިސްޓުން މިފަހަރު ވަނީ 12 ގައުމެއް އުނިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން