ރާއްޖޭގެ ރަށެއްގައި މަސްކެނޑުމަށް ތައްޔާރުވެފައި
ރާއްޖޭގެ ރަށެއްގައި މަސްކެނޑުމަށް ތައްޔާރުވެފައި
މާލޭގައި މަސްކަނޑާނެ އިތުރުތަނެއް ހެދުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ވަނީ، މާލޭ ދެކުނުފަރާތުގައި ހެދުމަށް ނިންމާފައިވާ މަސްކަނޑާތަން ހެދުމަށާއި ފެނުގެ ހިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

އެގޮތުން އަމިއްލަ ތަކެތީގައި މިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އަގު ހުށަހެޅުމަށް ސިޓީކައުންސިލުން ވަނީ ހުޅުވާލާފައެވެ. މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުން އަންނަމަހު 29ގައި އޮންނާނެ ކަމަށާއި، މި މަސައްކަތަށްއަގު ހުށަހަޅަން ޖެހޭނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ކަމަށް ސިޓީ ކައުންސިލްގެ އިޢުލާނުގައި ވެއެވެ.

މާލޭ ދެކުނުފަރާތުގައި މަސްކަނޑާތަނެއް ހެދުމުގެ މަސައްކަތް މާލޭ ސިޓީކައުންސިލުން ފަށާފައިވާއިރު، އެ ސަރަހައްދުގައި މަސްވެރިން ތޮށިގަނޑު މަތީގައިވެސް އާންމުކޮށް މަސްކަނޑައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން