އެކްސިޑެންޓް ހިނގި ސަރަހައްދު. ފޮޓޯ: އަވަސް އެމްވީ
އެކްސިޑެންޓް ހިނގި ސަރަހައްދު. ފޮޓޯ: އަވަސް އެމްވީ
މީހެއްގެ އަތުން ފޭރިގެން ފިލަން ދުއްވި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ،

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 10:20 ހާއިރު ވިޔަފާރިވެރިންގެ މިސްކިތް ކުރިމަތީގައި އެވެ.

އަންހެނެއްގެ ފޯނު ފޭރިގަނެގެން ސައިކަލުގައި ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ހިނގި މި އެކްސިޑެންޓުގައި ކުޑަ ކުއްޖަކާއި އަންހެނަކު ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. އަދި ސައިކަލު ދުއްވަން ތިބި މީހުނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

އެމީހުނަށް ފަރުވާ ދިނުމަށް މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން