ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުއާވި
ކަސްޓަމްސްއިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުއާވި
ކަސްޓަމްސް އިން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުއާވި ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސްގެ އިތުރުން، މީޑިއާގެ ހާޒިރުގައި ކަމަށް ކަސްޓަމްސުން ވަނީ ބުނެފައެވެ.

ކަސްޓަމްސުން ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 370 ބަނގުއާވި ކެޕްސް އެވެ. އެއީ 11100 ލީޓަރ ބަނގުއާވި ކަމަށް ކަސްޓަމްސުން މަޢުލޫމާތު ދެއްވައެވެ.



މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ. އެކިއެކި ސަބަބުތަކާހުރި ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން