ތަހުމީން އަހްމަދު (ކ) އާއި އަލީ ހައިޝަމް (ވ)
ތަހުމީން އަހްމަދު (ކ) އާއި އަލީ ހައިޝަމް (ވ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއިމަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި ގޮއްވާލި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) ތެރެއިން، އެ މައްސަލާގައި ހައްޔަރު ކުރި ތަހުމީން އަހްމަދާއި އަލީ ހައިޝަމްގެ ޑީއެންއޭ ފެނިފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސެން ޝަމީމް ހާމަކުރަށްވައިފިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ހަމަލާދިން ސައިކަލްގައި ބޮން ހަރުކޮށްފައިވަނީ މެއި 3 ވަނަ ދުވަހު ހުޅުމާލޭ 106 ނަމްބަރު ފްލެޓް ކައިރީގައި ކަމަށެވެ. ސައިކަލް އެސަރަހައްދަށް ގެނައީ ތަހުމީން ކަމަށާއި ބޮން ހިފައިގެން އެސަރަހައްދަށް އައީ އަލީ ހައިޝަމް ކަމަށް އެދުވަހު ފުލުހުން ބުނެފައިވެއެވެ. އަދި ބޮން ހަރުކުރުމަށްފަހު ހަމަލާދިން ސަރަހައްދަށް ސައިކަލް ގެންދިޔައީ ޙަމަލާ ގުޅިގެން ހައްޔަރުކޮށްފައިވާ އިސްހާގު ކަމަށް ފުލުހުން ބުނެއެވެ.

ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އައިއީޑީ ތެރެއިން ތަހުމީނާއި ހައިޝަމްގެ ޑީއެންއޭ ފެންނަންވީ ސަބަބެއް ނެތް ކަމަށެވެ. ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތެވެ. އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށް ވެސް އެހީތެރިވެދީފައެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ ވަނީ އަދާކޮށްފައެވެ.

ތަހުމީންގެ މައްޗަށް 4 ދައުވާއެއް އުފުލާފައި ވާއިރު، އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަ އަދަބެއްގެ ގޮތުގައި އޭނާއަށް 49 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަން ޕީޖީ ހާމަ ކުރައްވައެވެ. އަދި ހައިޝަމްގެ މައްޗަށް 3 ދައުވާއެއް އުފުލާފައި ވާއިރު، އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަ އަދަބެއްގެ ގޮތުގައި އޭނާއަށް 49 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯމް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ، ރައީސް ނަޝީދަށް އަވަހާރަކޮށްލަން ގޮއްވާލީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނަ ބާރުގަދަ އައިއީޑީއެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން