މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް
މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް
ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯމް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ، ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލީ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނަ ބާރުގަދަ އައިއީޑީއެއް ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބޭނުންކޮށްފައިވާ ޑިވައިސް ގޮއްވާލީ ޓައިމްޑް ޑިޓޮނޭޝަނެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށާއި، ބޮޑަށް ބެލެވޭ ގޮތުގައި ގޮއްވާލަން ބޭނުންކޮށްފައިވަނީ ކުޅޭ ކާރުފަދަ ތަކެތީގައި ބޭނުންކުރާ ކަހަލަ ރިމޯޓެއް ކަމަށް ޝަމާލް ވިދާޅުވިއެވެ. މިއީ ހޯމް މޭޑް ޑިވައިސްއެއް ނަމަވެސް އެތައް ގޮތަކުން ނުރައްކާތެރި އެއްޗެއް ކަމަށާއި، އައިއީޑީ އިތުރަށް ބާރުގަދަ ކުރުމަށް ރޭޒަރ ފުއް ލާފައިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުގެ ހަނގުރާމައިގެ މައިދާން ތަކުގައި ޙަރަކާތްތެރިވެފައިވާ ބައެއް މީހުން ރާއްޖޭގައި އުޅެމުން ދިއުން ކަމަށާއި، އެހެންކަމުން އެމީހުންގެ ތަޖުރިބާއަކީ މިފަދަ ޑިވައިސްތައް އުފެއްދުމުގައި ޓެރަރިސްޓުންނަށް ލިބޭ އިތުރު ފުރުސަތެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ހައި ރިސްކު ބޭފުޅެއް ކަމަށާއި އެހެންކަމުން އެމަނިކުފާނާއެކު ސެކިއުރިޓީން އުޅޭނީ ހަތިޔާރާއެކު ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން