އައިޖީއެމްއެޗްގައި ގާއިމް ކުރެވިފައިވާ އައިނު ފިހާރަ، "އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް މާލެ" ހުޅުވައިފިއެވެ.
މި އައިނު ފިހާރަ ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
އައިނުގެ ވިޔަފާރީގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިއަހަރު މެއި މަހުއެވެ.

އައިޖީއެމްއެޗްގެ އައިނު ފިހާރަ ރައީސް ބައްލަވާލެއްވުން
އައިނު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ މާލެ ސިޓީ ގްފޫޕް އޮފް ހޮސްޕިޓަލްސް އިން ދެމަސް ދުވަސްތެރޭ އައިނު ފިހާރައިގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މި މަސައްކަތް އެހާ އަވަސް މުއްދަތެއްގައި ނިމިގެންދިޔައީ ރައީސްގެ އިރުޝާދާއި އެއްބާރުލުމުގެ ސަބަބުން ކަން ފާހަގަކޮށް ހަލީމް ވަނީ ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.
ހަލީމް ވިދާޅުވީ މި އައިނު ފިހާރައަކީ ވަރަށް އެޑްވާންސް މެޝިނަރީތަކާއެކު ގާއިމް ކުރެވިފައިވާ އައިނު ފިހާރައެއް ކަމަށެވެ.
އެގޮތުން މިތަނުން ނަމްބަރު ނެގުމާއި އައިނުގެ ލެންސް ހެއްދުމުގެ ހުރިހާ ހިދުމަތެއް ލިބިގެންދާނެ ކަމަށާއި، މިތަނުގައި ގާއިމްކޮށްފައިވާ މެޝިންތަކުގެ އެހީގައި ކެޓެރެކްޓް އަދި ލޮލުގެ ޕްރެޝަރު ބެލޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު ދުރާލާ ގްލައުކޯމާ އަށް ޑިޓެކްޓު ކުރެވޭނެ ގޮތްވެސް މި މެޝިންތަކުން ފޯރުކޮށްދޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
ހަލީމް އިތުރަށް ވިދާޅުވީ އާސަންދައިން ހޭދަކުރާ 2000 ރުފިޔާގެ އަދަދުގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ޖީބުން ހަރަދުކުރަން ނުޖެހި، މި ފިހާރައިން އައިނު ހިލޭ ހެއްދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު