އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ތ.ވަންދޫ އިސްމާއީލް އަހުމަދު (70އ) އެވެ. އިސްމާއީލް އަހުމަދު އުމްރާއަށް ދިޔައީ ތައިބާ ހައްޖު އުމްރާ ގްރޫޕްގެ ހަވާލުގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ކުއްލިގޮތަކަށް ރޭގެ ވަގުތެއްގައެވެ.
ތައިބާ ހައްޖު އުމްރާ ގްރޫޕުން ބުނީ އިސްމާއިލް އަހުމަދުގެ މައްޗަށް ކުރެވުނު ކަށުނަމާދު މިއަދުގެ ފަތިސް ނަމާދަށްފަހު މަސްޖިދުލް ހަރަމްގައި ބާއްވާފައިވާ ކަމަށެވެ.
ރާއްޖޭގެ ގިނަ ޢަދަދެއްގެ ބަޔަކު މިވަގުތު ތިބީ ޢުމްރާގެ އަޅުކަމުގައި މައްކާގައެވެ.

ކިޔުންތެރިންގެ ހިޔާލު