އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިޔަށްދަނީ
އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިޔަށްދަނީ
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ އިރުމަތީ ފަރާތުން އާންމުންނަށް ދޫކޮށްފައި ހުރި ގޯތިތަކުގެ ބަދަލުގައި އެހެން ސަރަހައްދަކުން ދޫކުރާ ގޯތިތަކާ ހަވާލުވާން އައްޑޫ ސިޓީ ކައުންސިލުން އަންގައިފި އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތުން ދޫކުރި ގޯތިތައް އަނބުރާ ކައުންސިލަށް ނަގަން ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ނިންމާފައެވެ. އެ މައްސަލަ ކޯޓަށް ހުށައަޅާފައިވާއިރު، މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.

ގޯތިތަކުގެ މައްސަލާގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ވަށައިގެންވާ ބިންތައް ނެގިކަމަށް ބުނާ ވާހަކައަކީ މާނަ އޮޅޭ ގޮތަށް ދެކެވޭ ވާހަކަތަކެއް ކަމަށެވެ. މޭޔަރު ވިދާޅުވަނީ އެގޯތިތައް އެހެން ތާކަށް ބަދަލުކުރީ ކަމަށެވެ. އެގޮތުން އެ ގޯތިތައް ހިތަދޫގައި މިވަގުތު ބިން ދެވެން އޮތް އެންމެ ރަނގަޅު ހިސާބަށް ބަދަލުކުރީ ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވަނީ އިކުއަޓޯރިއަލް ހޮސްޕިޓަލަކީ އެކި ރަށްރަށުން ގިނަ ބަޔަކު އަންނަ ތަނަކަށްވުމުން އެތަނުގެ ކައިރީގައި މީހުން ދިރިއުޅޭ ގެތައް ހުރުން ރައްކާތެރި ނޫން ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ދިރިއުޅުމަށް ދޫކޮށްފައިވާ ބައެއް ގޯތިތައް، ކުރިން ހޮސްޕިޓަލް އެޅުމަށް ކަނޑައެޅުނު ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބަދަލުކުރުމަށް ނިންމާފައިވާ ގޯތިތަކުގެ ވެރިފަރާތުން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ހިތަދޫ އަވަށު އޮފީހަށް ހާޒިރުވުމަށް އަންގާ ކަމަށާއި، މި ބަދަލާ މެދު ހިތްހަމަނުޖެހޭ ނަމަ، އެކަން ވެސް މި މަހު 10 ވަނަ ދުވަހުގެ ކުރިން އެ އޮފީހަށް ލިޔުމުން އަންގަން ވަނީ އެދިފަ އެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ ކައުންސިލްގެ ނިންމުމާ އެއްގޮތަށް ގޯތި ބަދަލުކުރަން ބޭނުންނުވާ މީހުންގެ ގޯތިތައް ބަދަލުކުރުމުގެ މައްސަލަ ގާނޫނުގައިވާ ގޮތުގެ މަތިން ކޯޓަށް ހުށައަޅައިގެން ކުރިއަށް ގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން