މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއެއް ކުރިޔަށްދަނީ
މާލޭ ސިޓީ ކައުންސިލްގެ ޖަލްސާއެއް ކުރިޔަށްދަނީ
މާލޭ ސިޓީގެ ކޮންމެ ބްލޮކަކަށް ވެރިއަކު ހަމަޖެއްސުމަށް ބާއްވާ އިންތިޚާބު އަންނަ އޮކްޓޫބަރު 9 ގައި ބާއްވަން ނިންމައިފިއެވެ.

މިއީ، ސިޓީ ކައުންސިލްގެ މަސައްކަތްތައް ރައްޔިތުންނާ ވީހާ ވެސް ގާތުން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ކަމެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. ސިޓީ ކައުންސިލުން ބުނީ އިންތިޚާބުގައި ވާދަކުރެވޭނީ އެ ބްލޮކެއްގައި އުޅޭ އުމުރުން 18 އަހަރުން މަތީގެ ދިވެހިންނަށް ކަމަށާއި އެމީހުންނަކީ ވައްކަމާއި ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހެއް ކަމުގައިވާން ޖެހޭނެކަމަށެވެ.

އޭގެ އިތުރުން ޖިންސީ، ޖިސްމާނީ ހާނިއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތު ވެފައިވާ މީހަކު ކަމުގައި ނުވުމާއި، އެފަދަ މައްސަލައެއްގެ ތަހްޤީޤުގައި ބަންދުވެފައިވާ މީހެއްކަމުގައި ނުވުމާއި، ތަހްޤީޤުގެ މަރުހަލާގައި ތަހްޤީޤު ކުރެވެމުންދާ މީހެއްކަމުގައި ވެގެން ނުވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ނަމަވެސް ޖިނާއީ ކުށްތައް ފިޔަވައި އެހެން ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ޙުކުމް ތަންފީޒު ކުރިތާ 3 އަހަރު ވެފައިވާ މީހުންނަށް އިންތިހާބުގައި ކުރިމަތިލެވޭނެއެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެޕްލިކޭޝަން ފޯމާއިއެކު 10 މީހުންގެ ސޮއި ހުށައަޅަން ޖެހެއެވެ.

މި އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 09 ވާ ހޮނިހިރު ދުވަހުގެ 10:00 އިން 16:00 އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 14 ވާ ބުރާސްފަތި ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން