މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
ސައުތު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން މި ވަގުތު ކުރިއަށް ގެންދާ ބައްދަލުވުމުގައި މުބާރާތް ބޭއްވުމަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ ރާއްޖެއަށެވެ. މި މުބާރާތް ބޭއްވުމަށް ރަސްމީކޮށް ބިޑްކުރީ ރާއްޖެ އާއި ނޭޕާލުންނެވެ. މިއީ ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ބާއްވާ ދެ ވަަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް ކުރިއަށްދާނީ އޮކްޓޫބަރު 1-15 އަށެވެ.
މީގެ ކުރިން ރާއްޖޭން މި މުބާރާތް ބާއްވާފައިވަނީ 2008 ވަނަ އަހަރު ލަންކާ އާއި ގުޅިގެންނެވެ. އެ މުބާރާތުގައި ލަންކާގައި އޮތް ފައިނަލް މެޗު އިންޑިއާގެ މައްޗަށް ކުރި ހޯދައިގެން ކާމިޔާބު ކުރީ ދިވެހި ގައުމީ ޓީމުންނެވެ.
އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ވަނީ ދެ ވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 މުބާރާތް ބާއްވާފައިވާއިރު އިންޑިއާއިން ވަނީ ހަތް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. ރާއްޖޭން ދެ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އަފްޣާނިސްތާނާއި، ބަންގްލަދޭޝްއާއި، ސްރީލަންކާއިން އެއް ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު