ފުވައްމުލަކުގައި މިއަދި ހިނގި އެކްސިޑެންޓު (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލަކުގައި މިއަދި ހިނގި އެކްސިޑެންޓު (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލަކުގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށާއި، އެކްސިޑެންޓް ގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަަަށެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ޢުމުރުން 28 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ އަންހެނަކަށެވެ.

އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށްވެސް ފުވައްމުލަކު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަދި އޭގެތެރެއިން އެކަކު އިތުރު ފަރުވާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

އެކްސިޑެންޓްވި ދެ ސައިކަލް ދުއްވާފައި ވަނީ ލައިސަންސް އޮތް ދެ މީހުން ކަމަށާއި، މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން