ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ
ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ
ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓެއް ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

92،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު މިއަހަރުގެ ދިރާސީ އަހަރު މިއަދު ފަށާފައިވާއިރު، މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، މިއީ އާފެށުމެއް ކަމަށާއި، އަދި އުޖާލާ އައު އަހަރެއް ކަމަށެވެ. އޭގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓެއް ކަމަށެވެ.

"ކިޔެވުމަކީ ހުވަފެންތަކުގެ ދުނިޔެއަށް ހުޅުވޭ ދޮރޯއްޓެއް. މި ދޮރޯށީގެ ތަޅުދަނޑިއަކީ ކުރާހިތްވުން. ދޫނުކޮށް، އެއްވާނެއްގައި ކުރާ މަސައްކަތަކީ ކާމިޔާބުގެ ސިއްރު." މިނިސްޓަރ ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ، މި ދިރާސީ އަހަރަކީ ތަޢުލީމީ ދާއިރާގެ އެންމެހާ ފަރާތްތަކަށް ފެހި، ފަހި ފާގަތި އަހަރެއް ކަމުގައި ވުމަށް އެދިލައްވާ ކަމަށެވެ.

ރާއްޖޭގައި ޢާއްމުކޮށް ޖެނުއަރީމަހު ފެށޭ ދިރާސީ އަހަރު، އަހަރުގެ މެދުތެރެއަށް ބަދަލުކޮށް ދިރާސީ އަހަރުގެ ކަލަންޑަރުވެސް އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އާއްމުކޮށްފައެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ނިންމާ ދެވަނަ ޓާރމްގެ ކިޔެވުން ފަށާނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގައެވެ. 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ދަރިވަރުން އަހަރީ ޗުއްޓީއަށް ދާނީ ޖުލައި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި 2022 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އެއަހަރުގެ އޯގަސްޓްމަހުގެ 7 ވަނަ ދުވަހުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ގެނައި ބަދަލާއިއެކު ބައިނަލްއަޤްވާމީ ގޮތުން ދަރިވަރުންނަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ކުރިޔަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ދުރުމި

12-Aug-2021

އާއިޝަތު ޢަލީ އަކީ ރިސޯޓު އޯނަރުން ރުއްސަންވެގެން ދިރާސީ އަހަރު ބަދަލު ކުރި އަންހެނެއް.



ޓްރެންޑިން