ހުޅުމާލެ ބުރިޖުން ދުއްވާފައި ދާ ޓެކްސީ އެއް
ހުޅުމާލެ ބުރިޖުން ދުއްވާފައި ދާ ޓެކްސީ އެއް
ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ އޭނާ މަރައިލަން އުޅުނު އިންޑިޔާ މީހާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ޓެކްސީ ޑްވައިވަރަށް ޙަމަލާދިން މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ޖަހާދީފައިވާ ކަމަށެވެ. ހުޅުމާލޭގައި ދިވެހި ޓެކްސީ ޑްރައިވަރަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރުގެ އިންޑިއާ މީހެކެވެ.

އެމައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ޓެކްސީ ޑްރައިވަރުގެ އާއިލާއިން ބައެއް މީޑިޔާ ތަކުގައި ބުނެފައިވަނީ، އިންޑިޔާއަށް ނިސްބަތްވާ އެ ބިދޭސީމީހާ ހަމަލާދީ މަރާލަން މަސައްކަތްކުރީ ފައިސާގެ ބޭނުމުގައި ކަމަށެވެ.

ޑްރައިވަރަށް ހަމަލާދީ، އޭނާ މަރާލަން އުޅުނީ ބިދޭސީމީހާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު ޑްރައިވަރުގެ ކަރުގައި އޮޅައިގެން ކަމަށް ޑްރައިވަރުގެ އާއިލާއިން ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން ޓެކްސީ ޑްރައިވަރަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ރޭ ވަނީ ފަރުވާދީފައެވެ. އޭނާގެ އަނގަ ހުޅުވައި ނުލެވޭ ވަރުވެފައިވާ ކަމަށާއި މޫނާއި ލޯ މަތި ވެސް ވަނީ ދުޅަވެފައި ކަމަށް އާއިލާ އިން ބުނެފައިވެއެވެ. އަދި މޫނުގެ ބައެއް ތަންތަނުން ލޭ ވެސް އައިސްފައިވާ ކަމަށާއި ވެއްޓި ކަކުލު ހުޅު ކައިރިވެސް ދުޅަވެފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ. ފުލުހުން ގެންދަނީ މި މިމައްސަލަ ތަހުގީގު ކުރަމުންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން