ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރު ކުރަށްވައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޖޫން 25، 2019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ، ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއެއްގެ ގޮތުގައި ހެކި ދެއްވާފައި ވަނީ ޑރ. މުއިއްޒު ކަމަށެވެ.
އެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި ޑރ. މުޢިއްޒުގެ ފަރާތުން ދިފާޢީ ވަކީލުން ވިދާޅުވީ ދަޢުލަތުން ކުރާ ދަޢުވާ ސާފު ނުވާކަމަށާއި، ޑރ. މުއިއްޒު ނޫމަޑިއަށް އެއްވެސް ބަޔާނެއް ދެއްވާފައި ނުވާނެ ކަމަށެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލާއި އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލީސް ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ޤާޟީ ސަފްއަތު ހަބީބް ވަނީ، މި މައްސަލާގައި ދެން އަޑުއެހުމެއް ބާއްވާނީ 20 ސެޕްޓެމްބަރުގައި ކަމަށާއި، އެހެންކަމުން ދެފަރާތުންވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ސެޕްޓެމްބަރު 7 ގެ ކުރިން ހުށައެޅުމަށް ފުރުސަތު ދެއްވާފައެވެ.
ނޫމަޑީގެ މައްސަލާގައި މުއިއްޒު ވަނީ ފުލުހަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނޫމަޑީގެ ފަރާތުން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި ނަމަވެސް ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމަކަށް ގޮސް 55 މިލިއަން ޑޮލަރު ދީ މައްސަލަ ހައްލުކޮށްފައެވެ. މިމައްސަލަ ސަރުކާރުން ބަލަން ފެށީ ސަރުކާރުން މިފަދަ ބަދަލުތަކުގެ ނަމުގައި އެކި ކުންފުނިތަކަށް ފައިސާ ދޭ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަން ފެށުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު