ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅުމަށް ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ފޮނުވައިފިއެވެ.
އެޓަރނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހުށަހެޅުމަށް ސަރުކާރުން ޤަޞްދުކުރާ ކަމަށެވެ. އޭގެ ތެރޭގައި، ޤާނޫނީ އަދި ޝަރުޢީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި، ދީނީ އަދި އިޖްތިމާޢީ ދާއިރާއާގުޅޭ ބިލުތަކާއި، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނެއެވެ.
ސަރުކާރުން މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ މުހިންމު ބިލްތަކުގެ ތެރޭގައި ހެއްކާބެހޭ ބިލާއި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު ހިމެނެއެވެ. އޭގެ އިތުރުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާހަގަކޮށްލެވެއެވެ.
އޭގެ އިތުރުން އާންމު ގަވާއިދުތަކުގެ ގާނޫނުން ބާރު ދީފައިވާ ގަވާއިދުތައް ގާނޫނަށް ހެދުމަށް ފޮނުވާ ބިލުތައް ވެސް މަޖިލީހުގެ މި ދައުރަށް ހުށައެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއަހަރުގެ ދެވަނަ ދައުރުގެ ޗުއްޓީއަށްފަހު މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާފައި ވަނީ މިއަދުއެވެ.

ކިޔުންތެރިންގެ ހިޔާލު