ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ އައު ސީޕްލޭން ޓާމިނަލް އެއާޕޯޓް ކޮމްޕެނީ، އެމްއޭސީއެލާ ޙަވާލުކުރި ކަމަށް ފަތުރަމުންދާ ޚަބަރު އެ ކުންފުނިން ދޮގުކޮށްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މިއަދު ބުނީ، ޗައިނާގެ ޗައިނީސް ކޮންޓްރެކްޓާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕުން އާ ސީޕްލޭން ޓާމިނަލުގެ މަސައްކަތް އެއްކޮށް ނިންމައި އެތަން އެކުންފުންޏާ ހަވާލުކޮށްފައި ނުވާކަމަށެވެ. ނަމަވެސް ޓާމިނަލުގެ ލައުންޖުތައް ހިމެނޭ ސަރަހައްދު މިމަހުގެ 4 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ އެތަންތަން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކަށް ތަން ނިންމުމުގެ ފުރުސަތު ދިނުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް، ގާތްގަނޑަކަށް 78،000 އަކަ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ. އާ ޓާމިނަލްގައި 28 އެރައިވަލް ކައުންޓަރާއި 50 ޑިޕާޗާ ކައުންޓަރު ހިމެނޭއިރު 10 ސްކްރީނިންގ މެޝިނާއި 10 ގޭޓް ހުންނާނެއެވެ.
އޭގެ އިތުރުން ދިވެހި ވަންތަ ސިފަތައް ފެންނާނެ ގޮތަށް ފަރުމާކުރާ އާ ޓާމިނަލުގައި ޓޫރިސްޓު ރިސެޕްޝަންތަކަށް ހާއްސަ ސަރަހައްދަކާއި 19 ރިސޯޓް ލޯންޖާއި 1،800 އަކަމީޓަރުގެ ވީއައިޕީ ލައުންޖެއްވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު