ސްކޫލެއްގެ އެސެމްބްލީ
ސްކޫލެއްގެ އެސެމްބްލީ
ރަށް މޮނިޓަރިންގައި އޮތްނަމަވެސް މަތީ ގްރޭޑްތަކުގެ ދަރިވަރުން ކިޔަވާނީ ސްކޫލަށް ހާޒިރުވެގެން ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޙުސައިން ރަޝީދު ވިދާޅުވީ، ރަށެއް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފިނަމަ އެ ރަށެއްގައި ގްރޭޑް އަށަކުންފެށިގެން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށެވެ. ނަމަވެސް ގްރޭޑް 9 އިން ފެށިގެން 12 އާ ދެމެދުގެ ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ޙާޟިރުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޙުސެއިން ވިދާޅުވީ އެކަމަކީ މިހާރު އެޗްޕީއޭއާވެސް މަޝްވަރާކޮށް ނިމިފައިވާ ކަމެއްކަމަށާއި، ގްރޭޑް 9 އިން މަތީގެ ދަރިވަރުންނަކީ އޯލެވެލް އާއި އޭލެވެލްގެ އިމްތިޙާނަށް ތައްޔާރުވާ ދަރިވަރުންނަށް ވާތީ އެކުދިންގެ ކިޔެވުން ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް އެ ގްރޭޑެއްގެ ދަރިވަރަކު ޕޮޒިޓިވް ވެއްޖެ ނަމަ އެދަރިވަރެއްގެ ކްލާސްވެސް އޮންލައިންކޮށް ކިޔަވައިދޭގޮތަށް ބަދަލުކުރާނެ ކަމަށް ޙުސައިން ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ފަށާފައިވާ ޢުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ދިނުމުގެ ޕްރެޮގްރާމަށް އަލިއަޅުއްވާ ލައްވަމުން ޙުސައިން ވިދާޅުވީ، ރަށެއް މޮނިޓަރިންގެ ޙާލަތަށް ބަދަލުކޮށްފިނަމަ އެ ރަށެއްގައި ވެކްސިން ޖެހުމުގެ ޕްރޮގުރާމް ވަގުތީ ގޮތުން މެދުކަނޑައިލެވޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން