އަހުމަދު ޝާހް   19 އޯގަސްޓު 2021 - 19:16
ފަރަށް އަރާފައިވާ އާގު ބޯޓު
ފަރަށް އަރާފައިވާ އާގު ބޯޓު
މާލެ އަތޮޅު ފަރަކަށް ބޮޑު އާގު ބޯޓެއް އުރިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ، ކ. ރަސްފަރީގެ ހުޅަނގު ފަރާތު ފަރަށް އާގުބޯޓެއް އުރިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންތައްތައް ދަޢުލަތުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ބަލަމުންގެންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުން މިހާރު އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ގެންދާކަމަށެވެ.

މި ޙާދިސާގެ އިތުރު ތަފްސީލް އެމްއެންޑީއެފުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން