ލޮޓަސް ފިހާރަ
ލޮޓަސް ފިހާރަ
ލޮޓަސް ފިހާރައިން ދިވެހި ރައްޔިތުންނަށް ހެޔޮއަގުގައި ފޭސް މާސްކް ފޯރުކޮށްދިނުމަށްޓަކައި 35 ރުފިޔާއަށް މާސްކް ފޮއްޓެއް ވިއްކުމަށް ނިންމައިފިއެވެ.

ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ފޯރުކޮށްދިނުމުގެ ރެކޯޑެއް އޮތް ލޮޓަސް ފިހާރައިގެ ވެރިފަރާތް ކަމަށްވާ، މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވީ، އެ ފިހާރައިން މިހާރު ފޭސްމާސްކް ވަރަށް ހެޔޮ އަގުގައި ލިބޭނެ ކަމަށެވެ. އެގޮތުން ވަކިން މާސްކެއް މިހާރު 60 ލާރިއަށް ލިބޭނެ ކަމަށް އާއްޓޭ ވިދާޅުވިއެވެ.

ލޮޓަސް ފިހާރައިން މަޑު ނޫ ކުލައިގެ މާސްކް ފޮއްޓެއް ރީޓެއިލްކޮށް ވިއްކަނީ 35 ރުފިޔާ އަށެވެ. ނޫ މާސްކް ފޮއްޓެއްގެ ހޯލްސޭލް ރޭޓަކީ 30 ރުފިޔާއެވެ.

ދިވެހި ޒުވާނުންގެ މެދުގައި މިހާރު އެންމެ މަޤުބޫލު ކަޅުކުލައިގެ ފޭސް މާސްކް ފޮއްޓެއް ލޮޓަސް ފިހާރައިން ވިއްކަނީ 40 ރުފިޔާ އަށެވެ. ކަޅު ކުލައިގެ މާސްކް ފޮއްޓެއްގެ ހޯލްސޭލް ރޭޓަކީ 35 ރުފިޔާއެވެ. ވަކިން ކަޅު މާސްކެއް ވިއްކަނީ 80 ލާރިއަށެވެ.



މިއީ ރާއްޖޭގައި މިހާތަނަށް ފޭސް މާސްކް ވިއްކާފައި ނުވާ ވަރުގެ ހެޔޮ އަގެކެވެ. މީގެ ސަބަބުން މިއަދު މާސްކާއެކު ދިރިއުޅެން ޖެހިފައިވާ ދިވެހި ރައްޔިތުން ފޭސް މާސްކް ހޯދުމަށް ކުރަން ޖެހިފައިވާ ބޮޑު ޚަރަދަށް ލޮޓަސްގެ މި އަގުތަކާއެކު ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާސްކް އެޅުމާއެކު ސެނިޓައިޒްކޮށް ގިނައިން އަތްދޮވުމަށް ސިއްޙީ މާހިރުންދަނީ އިރުޝާދު ދެމުންނެވެ. އަދި މާސްކް އެޅުމަކީ މަޖުބޫރު ކޮށްފައިވާ ކަމެކެވެ. އާއްޓޭ ވަނީ މީގެ ކުރިން ގިނަ ފަރާތްތަކަށް ސެނިޓައިޒަރ އާއި މާސްކް ހިލޭވެސް ފޯރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން