ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރަށް ކުރާ ދައުވާގެ އަޑުއެހުންތައް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލު ކުރި މައްސަލާގަ އެވެ. ޒިޔާދުގެ އިތުރުން އޭރުގެ އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުލަތުން ވަނީ އެ ދައުވާކޮށްފައެވެ. އެ ދެ ބޭފުޅުންނަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ މެންދުރު ފަށާގޮތަށް ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ ދައުލަތަށް ގެއްލުންވާ ގޮތަށް ޒިކުރާ މިސްކިތުގެ މަސައްކަތުގެ އެއްބަސްވުން ހެދުމާއި އޭގެ ސަބަބުން އިކުއިޓީގެ ގޮތުގައި އެ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހިި އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ލިބިފައިނުވާ ކަމަށެވެ. އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލް ކޮށްފައެވެ. އެ ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން