ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރަށް ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޑރ. ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލާގަ އެވެ. ޒިޔާދުގެ އިތުރުން އޭރުގެ އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުލަތުން ވަނީ އެ ދައުވާކޮށްފައެވެ.
ޑރ. ޒިޔާދުގެ ދިފާޢީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު މިއަދު ވިދާޅުވީ، މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ނުނިމި އެއްއަހަރު ދުވަސް ފާއިތުވެފައިވާ ކަމަށާއި، މައްސަލާގައި މިހާރުވެސް ތިން ޤާޟީން ބަދަލުވެފައިވާ ކަމަށެވެ. އަދި މިއީ ޑރ. ޒިޔާދަށް ލިބޭ އެތައް ޙައްޤުތަކަކުން އޭނާ މަޙުރޫމްވާ ކަމަކަށްވާތީ މައްސަލަ އަވަހަށް ގެންގޮސްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. ދަޢުލަތުންވެސް އެދިފައިވަނީ މި މައްސަލާގައި ތާވަލެއް އެކުލަވާލައިގެން ވީއެންމެ އަވަހަކަށް މައްސަލަ ކުރިއަށް ގެންގޮސް ނިންމަވައި ދެއްވުމަށެވެ.
މިއަދުގެ ޝަރީޢަތުގައި މައްސަލަ ބައްލަވާ ޤާޟީ މުޙައްމަދު މިސްބާޙް ވަނީ، މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅުއްވާފައެވެ. އަދި ޑރ. ޒިޔާދުގެ ވަކީލުން މީގެ ކުރިން ހުށައަޅުއްވާފައިވާ ގޮތަށް މައްސަލަ ބާތިލް ކުރާނެ ތަނެއް ނެތްކަމަށް ޝަރީޢަތުން ނިންމެވިއެވެ. އަދި ދެމަހެއްހާ ދުވަހުގެ ތެރޭގައި މައްސަލަ އެއްކޮށް ނިންމެވުމަށް މަސައްކަތް ކުރަށްވާ ކަމަށް ޤާޟީ ވިދާޅުވިއެވެ.
ޑރ. ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ވަނީ، ދައުލަތަށް ގެއްލުންވާ ގޮތަށް ޒިކުރާ މިސްކިތުގެ މަސައްކަތުގެ އެއްބަސްވުން ހެދުމާއި އޭގެ ސަބަބުން އިކުއިޓީގެ ގޮތުގައި އެސްޖޭ ކޮންސްޓްރަކްޝަނަށް 30 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހިި އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ލިބިފައިނުވާ ކަމަށެވެ.
އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލް ކޮށްފައެވެ. އެ ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު