ވިލިމާލޭގައި 2011 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި، ނ. މާޅެންދޫ، ވައިޓް ހައުސް، އަހުމަދު މިރުޒާ މަރާލި މައްސަލާގައި މަރުގެ ހުކުމް އައިސްފައިވާ ޏ. ފުވައްމުލަކު ޒާވިޔާ އަބްދުﷲ ނަޒީފު ސްފްރީމް ކޯޓުގެ ޙުރުމަތް ކަނޑާލުމުން ދެހާސް ރުފިޔާއިން މިއަދު ޖޫރިމަނާ ކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އިސްތިޢުނާފް އަޑުއެހުމުގެ ޝަރީޢަތުގެ މަޖިލީހުގައި ނަޒީފް ވަނީ ބަލިވެ އުޅޭކަމަށް ބުނެ މޭޒުގައި ބޯއަޅާފައެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ޝަރީޢަތުން އެންގުމުންވެސް އޭނާ އެޢަމަލު ތަކުރާރު ކުރުމުން އޭނާގެ ހުންހުރި މިންވަރު ބެލުމަށްފަހު ޝަރީޢަތުގައި ދޮގުހެދިކަމަށް ކަނޑައަޅައި ކޯޓުގެ ޙުރުމަތް ކެނޑުމުގެ އަދަބެއްގެ ގޮތުން ދެހާސް ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.
ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އިސްފަނޑިޔާރުކަން ކުރަށްވާ މި މައްސަލައިގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.
ޢުމުރުން 25 އަހަރުގެ މިރުޒާއަށް ލަކުނޑިބުރިންނާއި ދަގަނޑު ހޮޅިތަކަކުން ހަމަލާދިނީ 2011 އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:40 އެހާކަންހާއިރުއެވެ. ވިލިމާލޭ ޕާކް ސަރަހައްދުގައި ހިނގި އެ މާރާމާރީގައި ލިބުނު އަނިޔާތަކާ ގުޅިގެން، މިރުޒާ މަރުވީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރެއްގައި އޮއްވާ 2011 ވަނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު އެވެ.
މި މައްސަލާގައި ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއު މެރުމަށް 2017 ވަނަ އަހަރު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެ މައްސަލާގައި ދެން ދައުވާލިބޭ ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ. މި މައްސަލާގައި ދައުލަތުން ދައުވާ ކުރި ކުޑަކުއްޖާގެ މައްޗަށް ހެކި ނެތިގެން ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ 2012 ވަނަ އަހަރު ހުކުމް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު