މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު ވަނީ ފްރޭމް ކޮށްފައި ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް ކޮށްފައިވެއެވެ. އަދި ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުން އިނގިރޭސިވިލާތަށް ވަޑައިގަތް ފަހުން ޢަލީ ވަޙީދު އެނބުރި ރާއްޖެ ވަޑައިގަތްފައެއް ނުވެއެވެ. އޭގެފަހުން ޝަރީއަތުގައި ޢަލީ ވަޙީދު ބައިވެރިވަނީ އޮންލައިންކޮށެވެ.
އަލީ ވަހީދުގެ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަލީ ވަހީދު ވަނީ ފްރޭމް ކޮށްފައިކަމަށާއި، އޭނާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާ، ޝަރީއަތުގެ މަރުހަލާ ތަކުގައި އަމަލު ކޮށްފައި ވަނީ ބޭއިންސާފާއި އަނިޔާވެރިކަން އިސްކޮށްގެން ކަމަށެވެ.
އެގޮތުން އަލީ ވަހީދު ވަޒީރު ކަމުގައި ހުންނަވަނިކޮށް ކުށެއްގެ ތުހުމަތު ކުރުމަށް ފަހު ވަޒީރު ކަމުން ވަކި ކުރެއްވީ ކުރެވުނު ތުހަމަތު ތަހުގީގު ނުކޮށް އަދި ޖަވާބުދާރީވުމަށް ފުރުސަތު ނުދީ ކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ. ޢަލީ ވަޙީދުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު ތުހުމަތުކުރާ ކުށް ސާފު ކޮށްދީފައި ނުވާ ކަމަށާއި، ޕީޖީން އުފުލި ދައުވާ ތަކާ މެދު އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށް ވެސް ވަކީލުން ވަނީ ބުނެފައެވެ.
ވަކީލުންގެ ބަޔާނުގައި ބުނެފައިވަނީ، އަލީ ވަހީދުގެ މައްޗަށް ދައުވާކުރީ ތުހުމަތު ކޮށްފައިވާ މައްސަލަތައް ސާބިތުވާ ވަރަށް އުންސުރުތައް ފުރިހަމަ ނުކޮށް ސިޔާސީ މަގުސަދެއްގައި ކަމަށާއި، މައްސަލައިގެ ޝަރީއަތް ހިނގަމުން ދަނިކޮށް މައްސަލަ ބައްލަވާ ފަނޑިޔާރުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅީ ވެސް ބިރު ދެއްކުމަށް ކަމަށް ވަކީލުން ވަނީ ތުހުމަތު ކޮށްފައެވެ.
ހަމައެއާއެކު ޢަލީ ވަޙީދުގެ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތްޕުޅުން އެދިވަޑައިގެންނެވި ނަމަވެސް ޝަރީއަތް ސިއްރު ކޮށްފައިވާ ކަމަށާއި، އަލީ ވަހީދުގެ މައްސަލައިގައި ޕީޖީ އޮފީހުން ކޯޓުތަކާއި މީޑިއާ ތަކަށް ދޮގު މައުލޫމާތު ދީގެން އޮޅުވާލާފައިވާ ކަމާއި އަދި ނުހައްގުން އަލީ ވަހީދަށް އަދަބު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތަށް ލިބެންޖެހޭ މައުލޫމާތާއި ހައްގުތައް އަލީ ވަހީދަށް ސިއްރު ކޮށްފައިވާ ކަމަށްވެސް ވަކީލުން ވަނީ ބުނެފައެވެ.
އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވާން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން އަޑުއެހުމަށް ހާޒިރުވެފައިނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން މިއަހަރުގެ އޮގަސްޓް 11 ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެެ. އެ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދޭނެ ކަމަށް ކަރެކްޝަން ސަރވިސް އިން ވަނީ ބުނެފައެވެ. ފުލުހުންގެ އިދާރާ އިން ބުނީ އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ ގެނައުމަށްޓަކައި އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް އިތުރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ އެތައް މައްސަލައެއް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ހިންގެވިކަމުގެ ތުހުމަތާއެކު ޓުއަރިޒަމް މިނިސްޓަރ ކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަލީ ވަހީދަށް އެންގެވީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް، ރައީސްގެ އެންގެވުމާ އެއްގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، ރައީސް ސާލިހް އަލީ ވަހީދު މަގާމުން ވަކިކުރައްވާފައި ވަނީ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ. އަލީ ވަހީދު މަޤާމުން ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

ކިޔުންތެރިންގެ ހިޔާލު