މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އިރުފުށި ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވަނީ: އެމަނިކުފާނުގެ އަރިހުގައި ޝިޔާމް (ކ)
މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އިރުފުށި ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވަނީ: އެމަނިކުފާނުގެ އަރިހުގައި ޝިޔާމް (ކ)
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުންޏަށް ހިލްޓަން އިންޓަނޭޝަނަލް ކުންފުނިން 16 މިލިއަންޑޮލަރު ދައްކަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުންވެސް ނިންމައިފިއެވެ.

އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސަން ޓްރެވަލްސްއަށް އަންގާފައެވެ. އެހެން ނަމަވެސް އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިިލްޓަން އިން ވަނީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށައަޅާފައެވެ.

ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަނާ އެއްކޮޅަށް މައްސަލަ ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން 2017 ވަނަ އަހަރު ވަނީ ސަން ޓްރެވަލްސްއަށް 16 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ހިލްޓަންގެ މައްޗަށް ހުކުމްކޮށްފަ އެވެ. ނަމަވެސް އެ ހުކުމް މިދިޔަ އަހަރު ހައި ކޯޓުން ބާތިލްކުރީއެވެ.

ހައި ކޯޓުގެ ހުކުމް ސަން ޓްރެވަލްސްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ސަންޓްރެވަލްގެ ފަރާތުން މި މައްސަލާގައި ޢަމަލު ކޮށްފައިވަނީ، އާބިޓްރޭޝަންގެ ކުރިން ހިލްޓަނާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ. އަދި މައްސަލާގައި އިސްތިޢުނާފް ކޮށްފައިވާ ނުކުތާތަކަށް ބަލާއިރު ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ޙުކުމްގައި ވެއެވެ. އެހެންކަމުން ހިލްޓަން އިން 16 މިލިއަން ޑޮލަރު ސަންޓްރެވަލްސް އަށް ދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ތިންފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް އިއްވާފައިވާ މި މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން