ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ސަރުކާރު ހިއްސާވާ 09 ކުންފުންޏެއް އުވާލަން ދަޢުލަތުގެ މާލީ ވުޒާރާއިން ނިންމައިފިއެވެ.

ދަޢުލަތުގެ މާލީ ވުޒާރާގެ ވެބްސައިޓްގައި ވަނީ އުވާލަން ނިންމާފައިވާ ކުންފުނިތަކުގެ ނަންތައް އާންމުކޮށްފައެވެ. ސަރުކާރުން ކުރިން ވަނީ 17 ކުންފުންޏެއް އުވާލަން އިއުލާނުކޮށްފަ އެވެ. އޭގެތެރެއިން އަށް ކުންފުންޏެއް އުވާލާފައިވާއިރު، އިތުރު ކުންފުނިތަކެއް އުވާލުމަށް ވަނީ އިޢުލާނު ކޮށްފައެވެ.

އުވާލާ ސަރުކާރު ކުންފުނިތަކުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އާއި، ފެލިވަރު ފިޝަރީޒާއި، ކޫއްޑޫ ފިޝަރީޒް ހިމެނެއެވެ. އަދި ކުޅުދުއްފުށި ޕޯޓާއި، ހިތަދޫ ޕޯޓާއި، ގަން އެއާޕޯޓް ކޮމްޕެނީ އާއި، މަޑިވަރު ހޯލްޑިންގސް ވެސް ހިމެނެއެވެ.

އޭގެ އިތުރުން މޯލްޑިވްސް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި، ވޯކްސް ކޯޕަރޭޝަނާއި، ހަޒާނާ މޯލްޑިވްސް އަދި ނޭޝަނަލް އިންވެސްޓްމަންޓް މެނޭޖުމަންޓް ކޮމްޕެނީ ވެސް އުވާލަން ނިންމި ކުންފުނިތަކުގެ ތެރޭގައި ހިމެނެއެވެ.

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއް އުވާލަން އިއުލާނުކޮށްފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތައް ގިނަ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ބައެއް ކުންފުނިތައް އުވާލަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު އަމީރު އެހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި ބައެއް ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުރަމުން ގެންދަވާކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ކުންފުންޏާ ބެހޭ ޤާނޫނުގެ 75 ވަނަ މާއްދާގެ (3) ގައި ބަޔާން ކޮށްފައިވާ ގޮތުން، ކުންފުނި އުވާލުމަށް ރެޖިސްޓްރާ ކަނޑައަޅައި، ކުންފުނީގެ ދަރަންޏާއި ދައުވާގެ ތަފްސީލު ހޯދުމަށް އިއުލާނު ކުރުމުން އެފަދަ ކަމެއް ހުށައެޅިއްޖެނަމަ އެ ކުންފުނިތައް އުވާލެވޭނީ ކޯޓަށް ހުށައަޅައިގެން ކަމަށް ބަޔާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން