މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މަތީ ތައުލީމުގެ ފުރުސަތުތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް އަމާޒުކޮށް ޖަޕާނުން ރާއްޖެއަށް 15 މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

މިދިޔަ އަހަރު ރާއްޖެއާއި ޖަޕާނާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން 4 އަހަރުގެ މުއްދަތަށް، ކޮންމެ އަހަރަކު ދިވެހި 6 ދަރިވަރަކަށް ޖަޕާނުގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖޭޑީއެސް) ގެ ދަށުން ރާއްޖެއަށް ހަ ސްކޯލާޝިޕް ދޭން ނިންމާފައިވަނީ މި އަހަރުގެ ޖުލައި މަހުއެވެ.

މަތީ ތައުލީމުގެ ފުރުސަތުތައް ދިވެހިންނަށް ފޯރުކޮށްދިނުމަށްޓަކައި ވެފައިވާ މި އެއްބަސްވުމުގެ ދަށުން ޖަޕާނުން ރާއްޖެއަށް 110 މިލިއަން ޖަޕަނީޒް ޔެން ހިލޭއެހީގެ ގޮތުގައި ދޭނެއެވެ. އެއީ ގާތްގަނޑަކަށް 15 މިލިއަން ދިވެހި ރުފިޔާއެވެ.

ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސަކީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން