ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓަރ ކުރުމަށް ހިންގި ޕްރޮގްރާމްގެ ދަށުން
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަލުން ރެޖިސްޓަރ ކުރުމަށް ހިންގި ޕްރޮގްރާމްގެ ދަށުން
ރާއްޖޭގައި ޤަވާއިދާ ޚިލާފަށްއުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމުގެ މަސައްކަތް މިހާރު އޮތް ހިސާބާމެދު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު ސުވާލު އުފައްދަވައިފިއެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށާފައިވާކަން މިއަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކުރަށްވާފައެވެ. އިމިގްރޭޝަނުން އޭރު ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމްޕީއެލްގެ ބައިވެރިވުމާއެކު ހިންގާ މި ޕްރޮގްރާމަކީ އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރިއަށްދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ފިޔަވައްސެއް ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ގަވައިދުގެ ތެރެއަށް ވަނުމަށް ރަޖިސްޓްރީވާން މީގެ ކުރިން ހުޅުވާލި މުއްދަތުގައި ރަޖިސްޓްރީ ނުވެ ހުރި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިއްޖެނަމަ އެމީހަކު ޑީޕޯޓް ކުރާނެއެވެ. ނަމަވެސް އެމީހަކީ ގާނޫނާއި ގަވައިދުގެ ތެރެއިން ރާއްޖޭގައި އުޅޭ މީހެއް ނަމަ އެ މީހަކަށް ވަޒީފާ ދީފައިވާ ފަރާތާ ހަވާލު ކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް އެ ޕްރޮގްރާމް ފެށުމަށްފަހު، އެކަމުގެ އިތުރު އަދާހަމައެއް ލިބިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަށްވައި ރީކޯ މޫސަ ވިދާޅުވީ، ވަރަށްގިނަ ދުވަހު ވަރަށް ގިނަ ބަޔަކު ކުރި މަސައްކަތުން ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީންގެ ބަޔަކު ޤައުމަށް ފޮނުވާލަން ސަރުކާރުން ފެށިކަމަށެވެ. ނަމަވެސް މިއަދު އެވާހަކަ ދައްކާނެ މީހުން މަދުވުމުން އެކަންވެސް ހުއްޓާލީތޯ ސުވާލު އުފެދޭ ކަމަށް މޫސަ ވިދާޅުވިއެވެ.



މީގެ ކުރިން އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލް ވިދާޅުވެފައިވަނީ، ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން އަނބުރާ ފޮނުވާލުން ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން