ސްކޫލް ދަރިވަރުންގެ ފޮތްތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާގޮތަށް ހުރި ބައިތައް ބަލައި، މަންހަޖަށް ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި މެދު ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިމަސައްކަތް ފަށާފައިވާކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ މެއި 6 ކޮމިޓީއާ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިކަމަށް އެކޮމިޓީގެ މުގައްރިރު ހަސަން އަފީފު ވަނީ ވިދާޅުވެފައެވެ.
މެއި 6 ކޮމިޓީގެ މުޤައްރިރު، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ވިދާޅުވީ އެންމެ ފަހުން އެ ކޮމިޓީން އެޑިއުކޭޝަން މިނިސްޓްރީއާއެކު އޮގަސްޓް 26 ވަނަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި ހަރުކަށި ފިކުރަށް ސްކޫލް ކުދިންގެ ފިކުރު ބަދަލުކުރުމަށް އެކުދިންގެ ވިސްނުމާ ކުޅެން މަސައްކަތްކުރާކަން އެ މިނިސްޓްރީއަށް ފާހަގަވެފައިވާކަމަށް މިނިސްޓަރ ހާމަކުރެއްވިކަމަށެވެ. އެހެންކަމުން އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވާފައިވާކަމަށް ހަސަން އަފީފް ވިދާޅުވިއެވެ.
ސްކޫލް ދަރިވަރުންގެ ފޮތްތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާގޮތަށް ހުރި ބައިތައް ބަލައި، މަންހަޖަށް ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި މެދު ބައެއް ދީނީ އިލްމުވެރިން މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އެގޮތުން ޝައިހް އަބްދުﷲ ސައުދާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނަކީ ނަފުރަތު އުފައްދާ ދީނެއް ނޫންކަމަށާއި އަދި ނަފްރަތު އުފެއްދުމަށް މަގުފަހިކުރާ ދީނެއްވެސް ނޫންކަމަށެވެ.
ސައުދާން ވިދާޅުވީ މިސަރުކާރުން ދަނީ ލާދީނިއްޔަތު ފެތުރުމަށް ކަމަކަށް ފަހު ކަމެއް ކުރަމުންކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފޮތްތަކަށް ބަދަލު ގެންނަން ކުރާ މަސައްކަތަކީ ނަފްރަތު ހުއްޓުވަން ކުރާ މަސައްކަތެއް ނޫންކަމަށާއި، އެއީ ލާދީނިއްޔަތު ފެތުރުމަށް ކުރާ މަސައްކަތެއްކަމަށް ސައުދާން ވިދާޅުވިއެވެ.
ނަފްރަތު ހުއްޓުވަން ކުރާ ކަމެއް ނޫން. މިއީ ލާދީނިއްޔަތު ފަތުރަން ކުރާ ކަމެއް" ސައުދާން ވިދާޅުވިއެވެ.
ސައުދާންގެ އިތުރުންވެސް ބައެއް އެހެން ދީނީ އިލްމުވެރިންނާއި، ޓީޗަރުން ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުން ރާއްޖޭގައި ކިޔަވައިދޭ އެއްވެސް އިސްލާމް މާއްދާއެއް ނޫނީ، އެހެންވެސް މާއްދާއެއްގެ ފޮތްތަކުގައި ނަފްރަތު އުފައްދަން ހިތްވަރުދޭ ޒާތުގެ ވާހަކަތަކެއް ނުހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު