ހަރުކަށި ފިކުރު ހުއްޓުވުމަށްކަމަށް ބުނެ ތައުލީމީ ފޮތްތަކަށް ބަދަލު ގެނައުމުގެ މަސައްކަތަކީ ރާއްޖެ ސެކިއުލަރ ސްޓޭޓަކަށް ހެދުމުގެ ޕްލޭންގެ ބޮޅެއްކަމަށް ކުރީގެ ސައިންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވެފައި މިވަނިީ ރާއްޖޭގައި ކިޔަވައިދޭ ބައެއް ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ހިތްވަރުދޭ ބައެއް ބައިތައް ހުރިކަމަށް ބުނެ، އެ ބައިތައް ނެގުމަށް އެޑިއުކޭޝަން މިނިސްޓްރީން މަސައްކަތް ފަށާފައިވާކަމަށް، އެމްޑީޕީގެ މެއި 6 ކޮމިޓީން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންހަޖު ބަދަލުކުރުމުގެ މަސައްކަތަކީ ސީދާ އެމްޑީޕީގެ ލާދީނީ ސިޔާސަތު ޕްރޮމޯޓްކޮށް ސެކިއުލާރ ސްޓޭޓަކަށް ހެދުމުގެ ޕްލޭންގެ ބޮޅެއްކަމަށެވެ. އަދި މަންހަޖުގައި ހިމަނަންވީ ރައީސް ޔާމީންގެ ތަރައްޤީގެ ވިސްނުމާއި އިޤުތިސޯދީ ސިޔާސަތުކަމަށް މަލީހު ވިދާޅުވިއެވެ.
ސްކޫލް ދަރިވަރުންގެ ފޮތްތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާގޮތަށް ހުރި ބައިތައް ބަލައި، މަންހަޖަށް ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި މެދު ބައެއް ދީނީ އިލްމުވެރިންވެސް މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަދިވެސް ރަސްމީކޮށް ވާހަކަދައްކާފައެއް ނުވެއެވެ.

ޖ.އަފީފު މިރޭ ވިދާޅުވެއްޖެ އެޑިއުކޭޝަން މިނިސްޓްރީއިން މަންހަޖުގެ ބައެއް ބަދަލުކުރަމުންދާ ވާހަކަ. ސީދާ އެމްޑީޕީގެ ލާދީނީ ސިޔާސަތު ޕްރޮމޯޓްކޮށް ސެކިއުލާރ ސްޓޭޓަކަށް ހެދުމުގެ ޕްލޭންގެ ބޮޅެއް. މަންހަޖުގައި ހިމަނަންވީ ރައީސް ޔާމީންގެ ތަރައްޤީގެ ވިސްނުން. އިޤުތިސޯދީ ސިޔާސަތު.
— Mohamed Maleeh Jamal (@maleehjamal) August 28, 2021
ސްކޫލް ދަރިވަރުންގެ ފޮތްތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާގޮތަށް ހުރި ބައިތައް ބަލައި، މަންހަޖަށް ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާއި މެދު ބައެއް ދީނީ އިލްމުވެރިންވެސް މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ނަމަވެސް މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަދިވެސް ރަސްމީކޮށް ވާހަކަދައްކާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު