ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ރާއްޖޭން ބޭރުން އިސްލާމް ޓީޗަރުން ގެނައުމަކީ ކަތި ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިސްލާމް ކިޔަވައި ދިނުމަށް ރާއްޖޭން ބޭރުން ޓީޗަރުން ހޯދަމުންދާކަމަށް ތަޢުލީމީ ވުޒާރާ އާއި ޙަވާލާދީ އެމްޑީޕީގެ މެއި 6 ކޮމިޓީގެ މުޤައްރިރު، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ރޭ ވަނީ ވިދާޅުވެފައެވެ. ޙަސަން އަފީފް ވިދާޅުވީ އެންމެ ފަހުން އެ ކޮމިޓީން އެޑިއުކޭޝަން މިނިސްޓްރީއާއެކު އޮގަސްޓް 26 ވަނަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި އެމަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރާއްޖޭން ބޭރުން ގެންނަ މީހަކީ އެކްސްޓްރީމިޒަމް ނުވަތަ ޓެރަރިޒަމްގެ އެޖެންޓެއް ނޫންކަން ކަށަވަރު ކުރަން ދަތިވާނެ ކަމަށެވެ. އަދި ބޭރުން ޓީޗަރުން ގެންނަނަމަ ކުދިން ތަރުބިއްޔަތު ނުކުރެވޭނެ ކަމަށާއި، އިސްލާމް ކިޔަވައިދޭ ބަސް ބަދަލުވުމުކީވެސް މައްސަލައަކަށް ވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، މިއީ "ނުރައްކާތެރި އަދި ކަތި ފިޔަވަޅަކަށް ވެދާނެ" ކަމަށެވެ.

ރޭގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި އަފީފް ވިދާޅުވީ، ސްކޫލުްތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމުގެ ގޮތުން އިސްލާމް ކިޔަވައިދޭން ވަކި އަދަދަކަށް ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް މިނިސްޓްރީން ގެންގުޅުއްވާ ކަމަށެވެ.

ރާއްޖޭން ބޭރުން އިސްލާމް ޓީޗަރުން ގެންނަ މައްސަލާގައި ބައެއް ދީނީ ޢިލްމުވެރިންނާއި ޢާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން