ސިޔާސީ މީހުންގެ މައްސަލަ ބެލުމަކީ ފާޑެއްގެ ކަމެއް ކަމަށް ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯއެއްގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވެފައިވަނީ ސިޔާސީ މީހުންގެ މައްސަލަ ބެލުމަކީ ފާޑެއްގެ ކަމެއް ކަމަށާއި، ރައީސް ޔާމީނަށް ޙުކުމް ކޮށްފައިވަނީ އެމަނިކުފާނަށް ރަނގަޅަކަށް ކަމަށެވެ. އަދި އޭގެ ސަބަބުތައް 2023 ގައި ފެންނާނެ ކަމަށް ފާއިޒް ވިދާޅުވެފައިވެއެވެ. ހަމަ އެއާއެކު ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކުރީ އެންމެ ސަބަބެއް އޮވެގެން ނޫން ކަމަށާއި ބައިވަރު ސަބަބުތައް އެކަމުގައި އެބަހުރި ކަމަށް ފާއިޒް ވިދާޅުވިއެވެ.
އޯޑިއޯގައި ފާއިޒް ވިދާޅުވެފައިވަނީ، ވަކިގޮތަކަށް ޙުކުމެއް ކުރެވޭނެ ތިންވަނަ ގޮތެއް އޮންނަ ކަމަށާއި، އެއީ ގާތްމީހަކު ރަހީނު ކޮށްގެން ކަމަށެވެ. އެގޮތުން ވަކިގޮތަކަށް ޢަމަލެއް ހިންގުވުމަށްޓަކައި އޭނާ ރަހީނު ނުކުރި ނަމަވެސް އެހެންބަޔަކު ރަހީނު ކޮށްގެން އޭނާ ލައްވައި ޢަމަލެއް ހިންގުވިދާނެ ކަމަށް ފާއިޒް ވިދާޅުވިއެވެ. އޭނާ އެމޭރުމުން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވި އެއްގޮތަކީ އެ ހުކުމަކީ ރަނގަޅު ހުކުމެއް ކަމުގައި ޤަބޫލުކުރައްވާތީއެވެ. އަނެއް ގޮތަކީ އެ ހުކުމަށް ތާއީދުނުކުރެއްވި ނަމަވެސް ހުކުމްކުރުން މަޖުބޫރުވާނެ ކަމަށް އެ އޯޑިއޯގައި ވާހަކަދައްކާ މީހަކު ބުނުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި ބެންޗްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެހުކުމާއި ދެކޮޅު ހެއްދެވީ އޭނާ އެކަނި ކަމަށްވެސް ފާއިޒް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށްސާބިތުވެ، ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހު 28 ވަނަ ދުވަހުއެވެ. އަދި މިއަހަރުގެ ޖެނުއަރީމަހު 21 ވަނަ ދުވަހު ހައިކޯޓުން ވަނީ އެ ހުކުމަށް ތާއީދުކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމުގެ އިތުރުން، އެމަނިކުފާނާއި ދެކޮޅަށް އިތުރު މައްސަލަތަކެއް ކޯޓުގައި ދަނީ ހިންގަމުންނެވެ. އަދި 5 މިލިއަން ޑޮލަރު ދެއްކުމަށް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު