އަމީނިއްޔާ ސްކޫލް؛ މިއީ މިހާރު ހުރިހާ އުމުރުފުރައަކަށް ކިޔައިވައިދޭ މާލޭގައި ހުންނަ އެންމެ ދުވަސްވީ އެއް ސްކޫލް (ރަސް ފޮޓޯ- ޝާހް)
އަމީނިއްޔާ ސްކޫލް؛ މިއީ މިހާރު ހުރިހާ އުމުރުފުރައަކަށް ކިޔައިވައިދޭ މާލޭގައި ހުންނަ އެންމެ ދުވަސްވީ އެއް ސްކޫލް (ރަސް ފޮޓޯ- ޝާހް)
އިސްލާމް ކިޔަވައިދޭން ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުމެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އިސްލާމް ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުން ޓީޗަރުން ހޯދަމުންދާކަމަށް ތަޢުލީމީ ވުޒާރާއާއި ޙަވާލާދީ އެމްޑީޕީގެ މެއި 6 ކޮމިޓީގެ މުޤައްރިރު، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ރޭ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފައިވަނީ އިސްލާމް ޓީޗަރުން ބޭރުން ގެނެސްގެން ކުދިންނަށް އުނގަންނައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނާ ކަމަށް މެއި 6 ކޮމިޓީން ވިދާޅުވެ ދެއްކި ވާހަކައަކި ދޮގެއް ކަމަށެވެ.

މިނިސްޓްރީން ބުނީ އިސްލާމް މުޤައްރަރު އެކުލަވާލާފައިވަނީ ދިވެހިބަހުން ކަމަށްވާތީ އެމާއްދާ ކިޔަވައިދޭން ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.

މެއި 6 ކޮމިޓީގެ މުގައްރިރު، ޙަސަން އަފީފް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީއާއެކު އޮގަސްޓް 26 ވަނަ ދުވަހު އެކޮމިޓީން ބޭއްވި ބައްދަލުކުރެއްވުމުގައި އެމަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

މިނިސްޓްރީން އެކަން އެގޮތަށް ކުރަން ނިންމީ ރާއްޖޭގައި ފެތުރެމުންދާ ހަރުކަށި ފިކުރުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން