ލީކުވެގެން އުޅޭ އޯޑިއޯތައް ފަނޑިޔާރުން ދޮގުކޮށްފި އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ އިއްޔެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤުކުރުމަށް މިއަދު ހެނދުނު ބޭއްވި އެ ކޮމިޝަންގެ ކުއްލި ޖަލްސާއެއްގައި ނިންމައި، އެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ވަނީ ފަށައިފައި ކަމަށެވެ.
މިގޮތުން މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދާއި އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމާއި ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންގޮސްފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
"މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް އިސްވެދެންނެވުނު ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ." ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
ޖޭއެސްސީން ބުނީ، މިމައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީންގެ ބެންޗުގައި ދެން ހިމެނިވަޑައިގެންނެވި ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނާއި ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލު އާ ސުވާލުކޮށް އެބޭފުޅުންގެ ފަރާތުންވެސް މަޢުލޫމާތު ސާފުކުރެވުނު ކަމަށެވެ.
"އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް މި ދެ ފަނޑިޔާރުންވެސް ދޮގުކުރެއްވިއެވެ." ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
ޖޭއެސްސީން ބުނީ، މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، މީޑީގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި ކޮމިޝަނުގެ ފަރާތުން މިހާރުވާނީ އެދިފައި ކަމަށެވެ. އަދި މި ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިއޯތަކުގައި އެފަނޑިޔާރުންކަމަށް ބުނާ ފަނޑިޔާރުން ވަނީ ރުހުންދެއްވާފައި ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

News Briefing_30 August 2021: Criminal Court ge fandiyaarun thakegge audio kamah bune media gai fethuremundhaa khabaraa gulhey.
— Judicial Service Commission (@MaldivesJSC) August 30, 2021
Ithuru thafseel: https://t.co/zj2qUmcQfv pic.twitter.com/cop8bKOOnb
ޖޭއެސްސީން ބުނީ، މިމައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީންގެ ބެންޗުގައި ދެން ހިމެނިވަޑައިގެންނެވި ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނާއި ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލު އާ ސުވާލުކޮށް އެބޭފުޅުންގެ ފަރާތުންވެސް މަޢުލޫމާތު ސާފުކުރެވުނު ކަމަށެވެ.
"އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް މި ދެ ފަނޑިޔާރުންވެސް ދޮގުކުރެއްވިއެވެ." ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
ޖޭއެސްސީން ބުނީ، މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، މީޑީގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި ކޮމިޝަނުގެ ފަރާތުން މިހާރުވާނީ އެދިފައި ކަމަށެވެ. އަދި މި ތަހުލީލަށް އޯޑިއޯ ސާމްޕަލް ދިނުމަށް އޯޑިއޯތަކުގައި އެފަނޑިޔާރުންކަމަށް ބުނާ ފަނޑިޔާރުން ވަނީ ރުހުންދެއްވާފައި ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު