ދަރިވަރުންގެ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
ދަރިވަރުންގެ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
ކޯވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ ބެލެނިވެރިންނަށް "ގްރީން ކާޑް" ދޫކުރަން ފަށައިފިއެވެ.

ބެލެނިވެރިން ސުކޫލަށް ޙާޟިރުވާއިރު ވެކްސިން ފުރިހަމަކޮށްފައި ތިބިކަން ކަށަވަރު ކުރުމަށް ގްރީން ކާރޑް ހެދުމުގެ މަސައްކަތް އެޗްޕީއޭއާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދާ ކަމަށް ތަޢުލީމާ ވަޒީރު ޑރ. ޢާއިޝަތު ޢަލީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، ސުކޫލްތައް ކައިރީގައި ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސެޝަންތައް ކުރިއަށް ގެންދާ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރު ވެފައިވާ މާޙައުލެއްގައި ކަމަށެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި ސްކޫލްތަކަށް ވަދެވޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްގެން ކަމަށް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

މީގެ ކުރިން ތަޢުލީމީ ވުޒާރާއިން ސުކޫލުތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލްތަކުގެ ހުރިހާ މުވައްޒަފުންވެސް ވެކްސިންގެ ޑޯޒްތައް ފުރިހަަމަ ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މުވައްޒަފުންނާއި، ދެވަނަ ޑޯޒް ނުޖަހާ ތިބި މުވައްޒަފުންނަށް ފަސޭހަ އިންތިޒާމެއްގެ ތެރެއިން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށާއި، ވެކްސިން ނުޖެހޭ މުވައްޒަފުން ސަބަބު ބަޔާންކޮށް އެޗްޕީއޭގެ ލިޔުމެއް އެޑިއުކޭޝަނަށް ހުށައަޅަން ވާނެ ކަމަށް އެ ސިޓީގައި ވެއެވެ.

ސަރުކާރުން މިހާރު ވަނީ ޢުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފައްޓަވާފައެވެ. އެ ޕްރޮގްރާމްގެ ދަށުން ގިނަ ޢަދަދެއްގެ ދަރިވަރުން މިހާރު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން