ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލްކުރަނީ
ސްކޫލެއްގައި ދަރިވަރުން ތަޢުލީމް ޙާސިލްކުރަނީ
ކްރިއޭޓިވް އާޓްސް ކިޔަވައިދިނުމަށް ދަރިވަރުންގެ ފޮތެއް ނޯންނާނެ ކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ތަޢުލީމާބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގުރޭޑު 1 ގެ މުޤައްރަރުތައް އިސްލާޙު ކޮށްފައިވާތީ 2021 ގެ ދިރާސީ އާ އަހަރު ގުރޭޑު 1 ގައި ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ، މި ގެނެވުނު އިސްލާޙާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އާ ފޮތް ބައެއް ކަމަށެވެ.

މި ގޮތުން މިހިނގާ ދިރާސީ އަހަރާއި، ކުރިޔަށް އޮތް އަހަރުތަކުގައި ވެސް ގުރޭޑު 1ގައި ކިޔަވާ ދަރިވަރުންނަށް ކްރިއޭޓިވް އާރޓް ކިޔަވައިދިނުމަށް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ މުދައްރިސުން ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ މުދައްރިސުންގެ ފޮތަކާއި، ކުރެހުމުގެ ނަމޫނާ ދެއްކުމުގެ ގޮތުން ކުލާހުގައި ޚާއްޞަކޮށް ގުރޫޕުތަކުގައި ބޭނުން ކުރުމަށް، ތައްޔާރު ކޮށްފައިވާ ސައިޒުގެ ގޮތުން ބޮޑު ޚާއްޞަ ރެފަރެންސް ފޮތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

"ކްރިއޭޓިވް އާރޓް މާއްދާ ގުރޭޑު 1 ގެ ދަރިވަރުންނަށް ކިޔަވައި ދިނުމުގައި ދަރިވަރުންގެ ފޮތެއް ނޯންނާނެއެވެ." ބަޔާނުގައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފޮތް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 5 ދަރިވަރުންގެ ގްރޫޕްތަކުގައި ކަމަށެވެ. މި ގޮތަށް ކަނޑައަޅާފައިވަނީ، މި މާއްދާއަކީ އެހެން މާއްދާތަކާ ޚިލާފަށް މާއްދާގެ ފަންނީ ހުނަރުތައް ތަރައްޤީ ކުރުމަށްޓަކައި ގިނަ ޢަމަލީ މަސައްކަތްތަކެއް ކުރުވާ ފަންނީ މާއްދާއަކަށް ވުމުންކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވަނީ، ގްރޭޑް އެކެއްގެ ދަރިވަރުންގެ ކްރިއޭޓިވް އާޓްސް ފޮތް އެއްވެސް ދަރިވަރަކަށް ދޫކޮށްފައިވާނަމަ އެ ފޮތް ދަރިވަރުންގެ އަތުން ނެގުމަށް އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް އެންގުމާއި ގުޅިގެން ބެލެނިވެރިން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން