މިކްސްޑް ސީފުޑް ކަރީ
މިކްސްޑް ސީފުޑް ކަރީ
* ބޭނުންވާތަކެތި

(ހަތަރު މީހުންގެ ކެއުމެއް ނަމަ)

1 މޭޒުމަތީ ސަމުސާ ވެޖެޓެބަލް އޮއިލް

3 ޝަލޮޓްސް (ކުދިފިޔާ ކުދިކޮށް ކޮށާފައި)

1 އިންޗި ހުންނަ ވަރުގެ ތާޒާކޮށްހުރި ގަލަންގަލް (ތޮށިމަށައި ތުނިކޮށްކޮށާފައި)

2 އަރި ލޮނުމެދު (ކުދިކޮށް ކޮށާފައި)

400 އެމްއެލް ކާށި ކިރު

2 ލެމަންގްރާސް ސްޓޯލްކްސް (ދެބުރިކޮށްފައި)

4 މޭޒުމަތީ ސަމުސާ ތައިފިޝް ސޯސް

2 މޭޒުމަތީ ސަމުސާ ޗިލީ ސޯސް

225 ގުރާމު ރޯ ޓައިގަރ ޕްރަވްންސް (ތޮށި ނަގާފައި)

225 ގުރާމު ބޭބީ ސުކްއިޑް (ރަނގަޅަށްދެވެ، ތުނިކޮށް ކޮށާފައި)

225 ގުރާމު ސަލްމަން (ތުނިކޮށްކޮށާފައި)

175 ގުރާމު ޓުނާސްޓީކް

225 ގުރާމު ފްރެޝް މޫސެލްސް

ްފްރެޝް ޗައިނީޒް ޗިވްސް

ބަތް (ކައްކާފައި ތާޒާކޮށް ހުރި)

*ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެޔޮ ފޮދު ހޫނުކޮށް އޭގެތެރެއަށް ކޮށާފައިހުރި ޝަލޮޓްސް (ކުދިފީޔާ) އާއި ގަލަންގަލް އަދި ގަރލިކްކޮޅު އަޅާއި ރަގަޅަށް މަޑުވަންދެން، 2 މިނިޓް ނޫނީ ދޮޅު މިނިޓް ވަންދެން ތެލުލާށެވެ. އެއަށްފަހު ފިޔާކޮޅު މަޑުވުމުން އޭގެތެރެއަށް ކާށިކިރާއި ލެމަންގްރާސްއާއި ފިޝް ސޯސް އަދި ޗިލީސޯސް އަޅާށެވެ. އެއަށްފަހު ހަލުވައި ރަނގަޅަށް ހުރިހާއެއްޗެއް އެއްކޮށްލުމަށްފަހު، މަޑުގިނީގައި 2 މިނިޓްވަންދެން ހޫނުކުރަން ބަހައްޓާށެވެ.

ދެން ޕްރަވްންސް އާއި ސްކުއިޑް އާއި ސަލްމަން އަދި ޓުނާ މަސްކޮޅުވެސް އަޅައި، ޕްރަވްންސްކޮޅު ފިޔާތޮށި ކުލަ އަރަންދެން ނޫންނަމަ މަސްކޮޅު ރަނގަޅަށް މަޑުވަންދެން އާދައިގެ ގިނީގައި 4 މިނިޓް ވަންދެން ކައްކާށެވެ. އެ ކައްކަން ބެހެއްޓުމަށް ފަހު މޫސެލްސްގެ ތެރެއިން ތޮށި ނުމުގުރި ހުރި އެއްޗެހި ވަކިކޮށްލާށެވެ.

ހަތަރު މިނިޓުވަންދެން ކެއްކުމުން މިހާރު ހުންނާނީ މަސްކޮޅާއި ޕްރަވްންސް އަދި ސްކުއިޑްކޮޅު ރޯފިލާފައެވެ. އެހެންކަމުން، ދެން އެވީ މޫސެލްސް ކޮޅުއަޅައި ރަނގަޅަށް މަތި ބަންދުކުރުމަށް ފަހު 2 މިނިޓެއްހާރަށް ކައްކާށެވެ. ދެމިނިޓަށް ކެކުމުން އެހުރީ މިކްސްޑް ސީފްޑް ކަރީ ތައްޔާރު ކުރެވުފައެވެ. ދެން އަވަހަށް ސުފުރާ މައްޗަށް އަރުވަން ބޯތަށްޓަކަށް އަޅައި ބަތާއެކު ކާން އަތުރާލާށެވެ. ސުފުރާމަތީ އަތުރާއިރު ޗައިނީސް ޗީވްކޮޅުން ގާރނިޝްކޮށްލާށެވެ.

މިކްސްޑް ސީފްޑް ކަރީ އަކީ ސީފްޑް ކާން ލޯބިކުރާ ބަޔަކަށް ވަރަށް ކަމުދާނެ ރިހައެކެވެ. ބާތާއެކުވެސް އަދި ރޮއްޓާއެކުވެސް ކާން އެހާމެ މީރު ރިހައެކެވެ. ނިކަން އަޖުމަބަލާލާށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން