ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ތެލާއި ކާޑު ގެންނަން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނުން 75 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނެގުމަށް އެއްބަސްވެއްޖެއެވެ.
މި ލޯނު އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ އުޒުބެކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ކަމަށް މައުލޫމާތު ލިބިއެވެ. އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދެވެ. އަދި ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސާލިމެވެ.
މިހާރު ވެސް ކާޑާއި ތެޔޮ ގަންނަން ބޮޑެތި އަދަދު ތަކުން ލޯނު ނަގާފައިވާ އެސްޓީއޯއިން މިފަހަރުވެސް ލޯނު ނެގީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ. އެސްޓީއޯއަށް ދޫކުރި މި ފެސިލިޓީއާ ގުޅިގެން އައިޓީއެފްސީން ބުނީ މި ފައިސާއަކީ ކޮވިޑާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސާދު އިތުރަށް ދިރުވައި ކުރިއެރުވުމަށް ކުރާ މަސައްކަތަށް މުހިންމު ފެސިލިޓީއަކަށް ވާނެކަމަށެވެ.
ހަމައެކަނި ތެޔޮ ވިއްކައިގެން ލިބޭ އެއްޗަކުން ކުންފުނީގެ ޚަރަދުތައް ދެކޮޅު ޖައްސަމުން ގެންދާ އެސްޓީއޯ މިހާލަތަށް ގޮސްފައިވަނީ މިސަރުކާރު ވެރިކަމަށް އައިސް ކުންފުނި ހިންގަން ނޭނގޭ އިސް ވެރިއަކާ ކުންފުނި ހިންގަން ހަވާލުކުރުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. ހުސްވި ދެއަހަރުވެސް އެސްޓީއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެ ފައިދާ ދަށްވެފައެވެ.
މީގެއިތުރުން މަގާމާއި ހަވާލުވިތާ ތިން އަހަރު ނުވަނީސް މާލެއިން ބޮޑު ގޯއްޗެއް ބޮޑު އަގުގައި އެމްޑީ އަމްރު ބައްލަވައިގެން މައްސަލައިގައިވެސް ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފައެވެ.
މީގެއިތުރުން އެސްޓީއޯގެ އެމްޑީ އަމްރު ފާހަގަކުރެވިފައި ވަނީ އިސް ލީޑަރުންގެ މެދުގައި ޚިޔާލު ތަފާތުވެ ދެފެކްޝަނަށް ބެހިފައިވާ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރަށްވާ އަދި ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ތާޢީދުކޮށް އެކަމަށް ކެމްޕޭން ކުރަމުން ގެންދާ އިސް ބޭފުޅެއްގެ ގޮތުގައެވެ. އެހެންކަމުން ރައީސް ޞާލިހުގެ ރިޔާސީ ވަޢުދުތައް ފުއްދުމުގައިވެސް އެސްޓީއޯގެ ދައުރެއް ނުފެންނަކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

STO signed 75 million US dollar trade financing facility agreement with our long standing partner @ITFCCORP
— STO (@stoplc) September 2, 2021
The Agreement was signed by STO CEO and MD @HusenAmr, and CEO of ITFC Eng. Hani Salem Sonbol#Tashkent2021AM #IsDB_AM46 #TradeFinance #IsDBG2021 pic.twitter.com/jnEZJrPa3c
މިހާރު ވެސް ކާޑާއި ތެޔޮ ގަންނަން ބޮޑެތި އަދަދު ތަކުން ލޯނު ނަގާފައިވާ އެސްޓީއޯއިން މިފަހަރުވެސް ލޯނު ނެގީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ. އެސްޓީއޯއަށް ދޫކުރި މި ފެސިލިޓީއާ ގުޅިގެން އައިޓީއެފްސީން ބުނީ މި ފައިސާއަކީ ކޮވިޑާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސާދު އިތުރަށް ދިރުވައި ކުރިއެރުވުމަށް ކުރާ މަސައްކަތަށް މުހިންމު ފެސިލިޓީއަކަށް ވާނެކަމަށެވެ.
ހަމައެކަނި ތެޔޮ ވިއްކައިގެން ލިބޭ އެއްޗަކުން ކުންފުނީގެ ޚަރަދުތައް ދެކޮޅު ޖައްސަމުން ގެންދާ އެސްޓީއޯ މިހާލަތަށް ގޮސްފައިވަނީ މިސަރުކާރު ވެރިކަމަށް އައިސް ކުންފުނި ހިންގަން ނޭނގޭ އިސް ވެރިއަކާ ކުންފުނި ހިންގަން ހަވާލުކުރުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. ހުސްވި ދެއަހަރުވެސް އެސްޓީއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެ ފައިދާ ދަށްވެފައެވެ.
މީގެއިތުރުން މަގާމާއި ހަވާލުވިތާ ތިން އަހަރު ނުވަނީސް މާލެއިން ބޮޑު ގޯއްޗެއް ބޮޑު އަގުގައި އެމްޑީ އަމްރު ބައްލަވައިގެން މައްސަލައިގައިވެސް ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފައެވެ.
މީގެއިތުރުން އެސްޓީއޯގެ އެމްޑީ އަމްރު ފާހަގަކުރެވިފައި ވަނީ އިސް ލީޑަރުންގެ މެދުގައި ޚިޔާލު ތަފާތުވެ ދެފެކްޝަނަށް ބެހިފައިވާ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރަށްވާ އަދި ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ތާޢީދުކޮށް އެކަމަށް ކެމްޕޭން ކުރަމުން ގެންދާ އިސް ބޭފުޅެއްގެ ގޮތުގައެވެ. އެހެންކަމުން ރައީސް ޞާލިހުގެ ރިޔާސީ ވަޢުދުތައް ފުއްދުމުގައިވެސް އެސްޓީއޯގެ ދައުރެއް ނުފެންނަކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު