އެކްސަސައިޒް ލެންޓަރން މެޓަލް ސީރީޒް
އެކްސަސައިޒް ލެންޓަރން މެޓަލް ސީރީޒް
މޯލްޑިވްސް ނެޝަނަލް ޑީފެންސް ފޯސް (އެމްއެންޑީއެފް) އާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން ކުރިއަށް ގެންދާ އެކްސަސައިޒް ލެންޓަރން މެޓަލް ސީރީޒްގެ ދަށުން ދިވެހި 36 ސިފައިން ތަމްރީން ކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މި ޕްރޮގްރާމްގައި އެމެރިކާގެ އަސްކަރިއްޔާގެ 11 އޮފިސަރުންގެ އިރުޝާދުގެ ދަށުން އެމްއެންޑީއެފްގެ 36 ސިފައިން ތަމްރީނު ކޮށްދީފައިވާ ކަމަށެވެ. މި ޖޮއިންޓް އެކްސާސައިޒްގައި ކޮމްބެޓް މާކްސްމަންޝިޕް، ކައުންޓާ އައިއީޑީ އަދި މެރިޓައިމް އިންޓާޑިކްޝަން އޮޕަރޭޝަންސް އަދި ހިއުމަން ރައިޓްސް ފަދަ މުހިންމު ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.

އެކްސަރސައިޒް ލެންޓަރން މެޓަލް ސީރީޒްގެ ފުރަތަމަ ޓްރެއިނިންގ އެކްސަރސައިޒް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ހަވީރު ލ ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަހްމަދު ދީދީ އެވެ.

މި ރަސްމީޔާތުގައި މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ ގާތް އަދި ވަރުގަދަ އަސްކަރީ ގުޅުމެއް އޮންނަ ކަމަށާއި، ދެގައުމުގެ ދެމެދުގައި މިދިޔަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވަރކް އެގްރީމެންޓުގެ ސަބަބުން ދިފާއީ ރޮނގުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ޔޫ.އެސް އާރމްޑް ފޯރސަސް ކޮންޓިންޖަންޓުގެ ޓީމް ކޮމާންޑަރ ކެޕްޓަން ބެންޖަމިން ޒެއިސް އާއި ކޮންޓިންޖަންޓުގެ އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން