ޗައިނާގެ އުފެއްދުމެއްކަމަށްވާ ސިނޮވެކް ވެކްސިން ބްރެޒިލްގައި ނުދޭން ނިންމައިފިއެވެ.
ބްރެޒިލްގެ ސިއްޙަތާބެހޭ އެންމެހާ ކަންކަން ބަލަހައްޓާ އިދާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ގައުމުގައި މިހާރު ހުރި ސިނޮވެކްގެ 12 މިލިއަން ޑޯޒް ނުދޭން ނިންމާފައިވާ ކަމަށާއި ސަބަބަކީ މި ވެކްސިން އުފެއްދާފައިވަނީ ހުއްދަ ދީފައިނުވާ ސިނޮވެކްގެ ގޮތްޕަކުން ކަމަށް ވާތީއެވެ. މިކަން ސަމާލުކަމަށް އައިސްފައިވަނީ ހުކުރުދުވަހު ކަމަށްވެސް މި ބަޔާނުގައިވެއެވެ.
އަދި ބްރެޒިލަށް ފޮނުވާފައިވާ 12.1 މިލިއަން ޑޯޒަކީ ބުޓާނަން އިންސްޓިޓިއުޓްގައި ބަންދުކޮށްފައިވާ ޑޯޒްތަކެއްކަމުން ވެކްސިން ނުދޭން ނިންމީ ކަމަށާއި، އަދި މިގޮތަށް މިކަން ކުރީ ގައުމުގެ ރައްޔިތުން ނުރައްކަލަކަށް ވައްޓާލަން ބޭނުންނުވާތީ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބުޓާނަން އިންސްޓިޓިއުޓުން އިތުރު 9 މިލިއަން ޑޯޒް ބްރެޒިލަށް ފޮނުވަން ނިންމާފައިވާއިރު، ބްރެޒިލްގައި 90 ދުވަހަށް އެ ވެކްސިން ނުދޭން ވަނީ ނިންމާފައެވެ. މިކަމާ ގުޅިގެން ބްރެޒިލްގެ ސިއްޙީ އިދާރާއިން ވެކްސިން ބަންދުކުރާ ބުޓާނަން އިންސްޓިޓިއުޓްގައި ވެކްސިން ބަންދު ކުރަމުން އަންނަ ގޮތުގެ ދިރާސާއެއް ހަދާން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު